ބިންވެރިޔާ ސްކީމުގެ ހާއްސަ ކެޓެގަރީއަށް އަންނަ މަހު ފޯމު ހުށަހެޅޭނެ

ބިންވެރިޔާ ސްކީމުގެ ހާއްސަ ކެޓެގަރީއަށް އަންނަ މަހު ފޯމު ހުށަހެޅޭނެ

Author
ޙަސަން މުޙައްމަދު
23 މާރޗް 2026 09:24
0

ބިންވެރިޔާ ސްކީމުގެ ދަށުން އަލަށް ތައާރަފުކުރި ހާއްސަ ކެޓެގަރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ފުރަތަމަ ދުވަހު ހުޅުވާލުމަށް ހައުސިން މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

މިނިސްޓްރީން އާންމުކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ކެޓެގަރީއަށް ކުރިމަތިލުމަށް ހާއްސަ ޕޯޓަލް ހުޅުވިގެންދާނީ އަންނަ މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ. އަދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ.

މިއީ ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގައި ޖޮއިންޓް އެޕްލިކޭޝަން މެދުވެރިކޮށް ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން، އެ ގޯތި ދޫކޮށްލަން ހުރިހާ ހިއްސާދާރުން އެއްބަސްވާނަމަ، ވަކިވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ދިނުމަށް އެކުލަވާލި ކެޓެގަރީއެކެވެ. މީގެ އިތުރުން، ކުރީގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައިވުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށްވެސް މި އާ އުސޫލުގެ ދަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

މިފަދަ ހާއްސަ ކެޓެގަރީއެއްގެ ދަށުން ގޯއްޗަށް އެދެވޭނެ މަގު ތަނަވަސްކޮށްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ، މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވައި، އާންމުންގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.