ޓުވަރިޒަމް ރަނގަޅުވި ނަމަވެސް، ވަކިކުރި އެތައްހާސް ދިވެހިން އަދިވެސް ތިބީ މަގުމަތިވެފަ: ސައީދު

ޓުވަރިޒަމް ރަނގަޅުވި ނަމަވެސް، ވަކިކުރި އެތައްހާސް ދިވެހިން އަދިވެސް ތިބީ މަގުމަތިވެފަ: ސައީދު

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 03:44
0

ކޯވިޑް-19 އަށްފަހު ވިޔަފާރި ވެރިން ކުރި މަސައްކަތުން ޓުވަރިޒަމް ރަނގަޅުވި ނަމަވެސް، ފަތުރެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދިޔަ ދިވެހި މުވައްޒިފުންގެ ތެރެއިން ވަކިކުރި އެތައްހާސް ދިވެހިން އަދިވެސް ތިބީ މަގުމަތިވެފައިކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ޓުވަރިޒަމް ކުރިއަރަމުންދާއިރުވެސް ދިވެހިންގެ ތެރެއިން ވަޒީފާތަކުން ކަނޑާލި މުވައްޒިފުންނަށް އަދާއިހަމަޔަށްވެސް ގޮތެއް ނުހޯދި، ވަޒީފާނެތި މަގުމަތިވެފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވަމުން ސައީދު ވިދާޅުވީ މިކަމަށް ސަރުކާރުގެ އެއްވެސް ސަމާލުކަމެއް ހުރިތަނެއް ނުފެންނަކަމަށެވެ.

ރާއްޖޭގެ ވިޔަފާރިވެރިންގެ ބުރަ މަސައްކަތުން ފަތުވެރިކަން ރަނގަޅުވެގެން ދިޔަ ނަމަވެސް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ނުލިބިދާކަމީ އެފަރާތްތަކުން ބޮޑު ކަންބޮޑުވުމެއްކަމަށް ސައީދު ވިދާޅުވިއެވެ. އަދި ފަރުވެރިކަން ރަނގަޅު ވެގެންދާ ހާލަތުގައިވެސް ސަރުކާރުން ކޮށްދޭންޖެހޭ އެންމެ މުހިންމު ކަމަކީ ގެއްލިގެން ދިޔަ ދިވެހި މުވައްޒިފުންގެ ހައްގު ހޯދައި ދިނުންކަމަށާއި، ނަމަވެސް އެކަމަށް ސަރުކާރުގެ އެއްވެސް ސަމާލުކަމެއް ނެތްކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ.

ޓުވަރިސްޓުން އައުމާއި އެއްވަރަށް ދިވެހިން ވަޒީފާއަށް ނެގެންޖެހޭ. ވަކިކުރި އެތައްހާސް ދިވެހިން އަދިވެސް ތިބީ މަގުމަތިވެފަ. ވިޔަފާރިވެރިންގެ ބުރަ މަސައްކަތުން ޓުވަރިސްޓުން ގެނައުމަށްކުރާ މަސައްކަތުގައި ސަރުކާރުގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާ ބޮޑު.

– ސައީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު މިހާތަނަށް 30،000 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު 4،195 ފަތުރުވެރިން އެދުވަހު ވަނީ އައިސްފައެވެ.

އެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާރު ރާއްޖޭގެ، 13 އަތޮޅެއްގެ 44 ރަށެއްގައި 286 ގެސްޓް ހައުސްއެއް ހުޅުވައިގެން ހިދުމަތް ދެމުން ގެންދެއެވެ. އަދި ރާއްޖޭގެ 139 ރިސޯޓަކާއި މެރީނާއެއް ހުޅުވައިގެން ހިދުމަތް ދެމުންގެންދާއިރު، 11 ހޮޓަލަކާއި 131 ސަފާރީއެއް އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަންތިރި
ކޮވިޑަށް ފަހު އޭ ބުނަނީ ކޮވިޑް ނިމުނީތޯ