ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް "ރިމޯޓް ވޯކަރ" އާއި "ކޮންޓެންޓް ކްރިއޭޓަރ" ވިސާ ތަޢާރަފުކުރަނީ

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް "ރިމޯޓް ވޯކަރ" އާއި "ކޮންޓެންޓް ކްރިއޭޓަރ" ވިސާ ތަޢާރަފުކުރަނީ

Author
ހުސައިން
22 މާރޗް 2026 08:31
0

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމުގެ ގޮތުން އައު ދެ ވިސާއެއް ތަޢާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، އަލަށް ތަޢާރަފުކުރަން ނިންމާފައިވަނީ "ރިމޯޓް ވޯކަރ" އަދި "ކޮންޓެންޓް ކްރިއޭޓަރ" ވިސާ ކަމަށެވެ. މީގެ ބޭނުމަކީ ރާއްޖޭގައި ގިނަ ދުވަހު ތިބެގެން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ. މި ބަދަލާއެކު، ޚާއްޞަކޮށް ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ އިތުރުވެ، ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 30 އިންސައްތަ މެދުއިރުމަތީގެ އެއަރލައިންތަކުން ދަތުރުކުރާއިރު، މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އައު ރޫޓުތައް ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ފަތުރުވެރިންނަށް ލިބޭ 30 ދުވަހުގެ އޮން-އެރައިވަލް ވިސާގެ މުއްދަތު ފަސޭހައިން އިތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވިސާގެ އިތުރުން، ފަތުރުވެރިކަން ސިންދަފާތުކުރުމުގެ މުހިންމު މަސައްކަތްތަކެއްވެސް ސަރުކާރުން ވަނީ ރާވާފައެވެ. އެގޮތުން، ދުނިޔޭގައި 7.2 ބިލިއަން ޑޮލަރުގެ މާކެޓެއް އޮތް ސްޕޯޓްސް ފިޝިންގ އަދި ބިގްގޭމް ފިޝިންގ ރެގިއުލޭޓްކޮށް ކުރިއެރުވުމަށް ނިންމާފައިވާއިރު، ޓެކްނިކަލް އަދި ރެކްރިއޭޝަނަލް ޑައިވިންގ، ހަލާލް ޓޫރިޒަމް، އަދި އެޑިއުކޭޝަން އާއި ރިސާރޗް ޓޫރިޒަމް ފުޅާކުރުމަށްވެސް ވަނީ އަމާޒުހިފާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.