ހިތަދޫގައި ޓެކްސީއެއް ފުރޮޅާލައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޑްރައިވަރުގެ ހާލު ސީރިއަސްވެއްޖެ

ހިތަދޫގައި ޓެކްސީއެއް ފުރޮޅާލައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޑްރައިވަރުގެ ހާލު ސީރިއަސްވެއްޖެ

Author
ޙަސަން މުޙައްމަދު
22 މާރޗް 2026 01:59
0

އައްޑޫ ސިޓީ ހިތަދޫގެ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޓެކްސީއެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލުމުގެ ސަބަބުން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 4:50 ހާއިރުއެވެ. މި އެކްސިޑެންޓު ހިނގިއިރު ކާރުގައި ޖުމްލަ ހަތަރު މީހުން ތިބިއިރު، އެ އެންމެނަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މީގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވެ ހާލު ސީރިއަސްވެފައިވަނީ ކާރު ދުއްވަން އިން ޑްރައިވަރަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ އައްޑޫ ވެމްކޯގައި ވަޒީފާއަދާކުރާ އުމުރުން 30 އަހަރުގެ މީހެކެވެ.

މި ހާދިސާގައި އަނިޔާވި އެންމެންނަށްވެސް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާދެމުންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ކާރަކީ ޓެކްސީއެއްގެ ގޮތުގައި ބޭނުންކުރަމުން އައި ކާރެކެވެ. އަދި މި ހާދިސާގައި އެ ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ފުނޑުފުނޑުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.