އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހިތަދޫ އަބޫހެރަ ހިއްކާފައިވާ ސަރަހައްދުގައެވެ. މިއަދު ހަވީރު 5:00 ހާއިރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ މި ކާރު އެކްސިޑެންޓުވީ ކޮންޓްރޯލުން ނެއްޓިގެން ގޮސް ފުރޮޅާލުމުގެ ސަބަބުންނެވެ.
މި ހާދިސާގައި އަނިޔާވި އެންމެންނަށްވެސް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާދެމުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، މި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ކާރު ދުއްވަން އިން މީހާއަށެވެ. އަދި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، ހާލު ސީރިއަސް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމެންޓު ފޮނުވާ