ދެއްވަދޫން އިތުރު 8 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ދެއްވަދޫން އިތުރު 8 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
12 ޖެނުއަރީ 2021 02:15
0

ގދ.ދެއްވަދޫން އިތުރު 8 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެރަށުން ބަލި ޖެހުނު މީހުންގެ ޢަދަދު 24 އަށް އިތުރުވެއްޖެއެވެ.

ދެއްވަދޫ ކައުންސިލުން ބުނީ މިއަދު އިތުރު 8 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށާއި، މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާތަނަށް ދެއްވަދޫގައި ތިބި ކޯވިޑް-19އިގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 22 ކަމަށެވެ.

އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ. ދެއްވަދޫގައި ޒަރޫރީ ބޭނުމެއްގައި ނޫނީ އާންމުން ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަ ނަމަ މާސްކް އެޅުމަށްވަނީ އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ފިހާރަތަކަށް ވަނުމުގެ ބަދަލުގައި ޑެލިވަރީ ކުރުމުގެ ޚިދުމަތް ބޭނުންކުރުމާއި، ބަލީގެ އަލާމާތެއް ހުރި މީހެއްނަމަ އެރަށެއްގައި ހުންނަ ސިއްޙީ ޚިދުމަތްދޭ ތަނަކަށްގޮސް ޓެސްޓްކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ގއ.ދެއްވަދޫން 30 ނޮވެމްބަރ 2020ގެ ފަހުން އެހެން ރަށަކަށް ގޮސްފައިވާ މީހެއްނަމަ އެކަން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްޙީ މަރުކަޒަށް އެންގުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ އިލްތިމާސްކުރައްވާފައެވެ.

ގއ.ދެއްވަދޫގައި ކޯވިޑް19 ފެތުރެމުންދަނީ ބަލި އެންމެ ފުރަތަމަ ފެނުނު މީހާގެ ކިބައިން ނޫކަމަށާއި، ބަލި ފެތުރެން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ. އެޗްއީއޯސީން ބުނެފައިވަނީ ބަލި ފެތުރިފައިވަނީ ދުވަސްކޮޅެއް ވަންދެން ރަށުގެ ތެރޭގައި ބަލި އުޅުމަށްފަހުގައިކަމަށް މިހާތަނަށް ބެލި ބެލުމުން އެގިފައިވާކަމަށެވއަދި ބަލި ރަށު ތެރޭގައި ފެތުރެމުންދަނީ ބަލި އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކިބައިން ނޫންކަން އެނގޭކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.