ސިފައިންނަކީ ފިދަނަތަކެއްކަމަށް މާރިޔާއަށް ސިފަވިޔަސް، ދިވެހިން ސިފައިންގެ ޚިދުމަތަށް ފަޚުރުވެރިވޭ: ސަޢީދު

ސިފައިންނަކީ ފިދަނަތަކެއްކަމަށް މާރިޔާއަށް ސިފަވިޔަސް، ދިވެހިން ސިފައިންގެ ޚިދުމަތަށް ފަޚުރުވެރިވޭ: ސަޢީދު

Author
މުޙައްމަދު ޖިމީ
12 ޖެނުއަރީ 2021 01:48
0

ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށް ދިވެހި ސިފައިންނަކީ "ފިދަނަ ތަކެއް"ގެ ގޮތުގައި ފެނުނަސް، ދިވެހި ސިފައިންގެ ޚިދުމަތަށް ދިވެހިން ފަޚްރުވެރިވާކަމަށް ވިދާޅުވެ، ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ރައްދު ދެއްވައިފިއެވެ.

ސަޢީދު މިހެން ވިދާޅުވެފައިވަނީ، ދިވެހި ސިފައިން ފެންނަނ ޕްރޮފެޝަނަލް ފޯސްއެއްގެ ގޮތުގައި ކަމަށާއި، ސިފައިން މަސައްކަތް ކުރަނީ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެކަމަށް މިނިސްޓަރ  މާރިޔާ ވިދާޅުވުމާއި ގުޅިގެންނެވެ. މާރިޔާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސައީދު ވަނީ ސިފައިން އުފެދުނީއްސުރެ މިއަދާއި ހަމއަށްއާއިރުވެސް އެތެރެއާއި ބޭރުން އަމާޒުކުރި ކޮންމެ ޙަމަލާއެއްގެ ފަހަތުގައި ތިބީ ކޮން ދިވެހިންނެއްތޯ ހިތްޕުޅަށް ގެނައިނަމަ އެކަމުގެ ޖަވާބު ލިބޭނެކަމަށް ވިދާޅުވެފައެވެ. މައުސޫމް އެތައް ރައްޔިތުންގެ ލޭހުރީ ކޮން ސިޔާސީ އަތްތަކެއްގައިތޯ ބެއްލެވުމަށްވެސް ސަޢީދު ވަނީ މާރިޔާއަށް ގޮވާލައްވާފައެވެ.

ސިފައިން އަބަދުވެސް ތިބީ ﷲ ގަންދީ ކުރި ހުވައިގެ މަތީ. ކަމަނާއަށް "ފިދަނަ ތަކެއް"ގެ ގޮތުގައި ފެނުނަސް ސިފައިންގެ ޚިދުމަތަށް ދިވެހިން ފަޚުރުވެރިވާނެ. އިސްލާމް ދީނާއި ޤާނޫނު އަސާސީއާއި ޚިލާފުވާނަމަ ވެރިން ދުރުކުރުމަކީ ވާޖިބެއްކަމަށް. އެހިސާބުން ބާގީ އާއި ގޮޅާ ފޯސްއަށް ތި ބަދަލުވަނީ؟

– މާވަށު ދާއިރާގެ  މެންބަރު މުޙައްމަދު ސަޢީދު

ސަޢީދު މިހެން ވިދާޅުވެފައިވާއިރު، މިނިސްޓަރ މާރިޔާ ވިދާޅުވެފައިވަނީ އަސްކަރީ ބޮޑެތި އެތަކެއް ބާރުތަކާއެކު، ދިވެހި ސިފައިން މިއަދު ބާއްވާ ރަހުމަތްތެރި ކަމުގެ ގުޅުމުގެ ސަބަބުން ނިރުބަވެރިކަމާއި، ކަނޑުގެ ސަލާމަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، 2012 ވަނަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހުގެ ރޭ އެމްޑީޕީ އިން ހއ.ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ ތިރީހަކަށް ތަމަޅައިން އައީމަ އެމީހުންނަކީ ހަތިޔާރު އަޅައިގެން ތިބި ބަޔެކޭ ކިޔާފައި ދިވެހި ސިފައިން ފިލިކަމަށެވެ. މިކަމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އެކަމަނާއަށް އަމާޒުވެގެންވެސް ދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.