ސިނަމާލެ ބްރިޖް ހައިވޭގައި އެމްއޭސީއެލްގެ އުޅަނދެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖް ހައިވޭގައި އެމްއޭސީއެލްގެ އުޅަނދެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެއްޖެ

Author
އަހުމަދު
18 މާރޗް 2026 07:18
0

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގެ ޓްރެފިކް ލައިޓް ކައިރިން މިއަދު އުޅަނދެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި މި ހާދިސާގައި އެކްސިޑެންޓުވެފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އުޅަނދެކެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ހުޅުމާލެއިން ފުރައިގެން އެއާޕޯޓާ ދިމާއަށް ދަތުރުކުރަމުން ދިޔަ އެ އުޅަނދު މަގުގެ އަރިމަތީގައި ހުރި ފެންސެއްގައި ޖެހުމުގެ ސަބަބުންނެވެ.

މި އެކްސިޑެންޓުގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. އަދި އުޅަނދު ފުރޮޅާލި ވަގުތު އޭގައި ތިބި ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން، ފަރުވާ ދިނުމަށް މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.