މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ބޮޑުކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ އަގުތަކަށް ބަލާއިރު، މިހާރު މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކުމަށް ހަމަޖެހިފައިވަނީ 27.24 ރުފިޔާއަށެވެ. އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކާނީ 28.54 ރުފިޔާއަށެވެ.
ދުނިޔޭގެ ބާޒާރަށް އައި މި ބަދަލާއެކު އެސްޓީއޯއިން ވެސް ވަނީ ރާއްޖޭގައި ތެޔޮ ވިއްކާ އަގުތައް ބޮޑުކޮށްފައެވެ. މީގެ ސަބަބުން އަތޮޅުތެރޭގެ ވިޔަފާރިތަކަށް ތެޔޮ ލިބޭ އަގު ބޮޑުވެ، އާންމު ދަތުރުފަތުރުކުރާ ލޯންޗު ފަހަރުގެ ޓިކެޓުގެ އަގުތައް ވެސް ވަނީ އުފުލިފައެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ، ކުރިއަށް އޮތް ތަނުގައި ވެސް ތެލުގެ އަގު އިތުރަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަނީ ލަފާކޮށްފައެވެ.
ކޮމެންޓު ފޮނުވާ