ވައްކަމުގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަނީ

ވައްކަމުގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 12:04
0

ވައްކަމުގެ މައްސަލަކާއި ގުޅިގެން ތިން މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ވީޑިއޯއާއިއެކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިފައިވާ ތިން މީހުންނަކީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ތިން މީހުން ކަމަށް ފުލުހުން ބުނެއެވެ.

މި ތިން މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ ދަންނަވާފައެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 472223  އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.