3 ޕޮއިންޓް ލިބުމަކީ ލީގުގައި ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއްކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ކުލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ކުޅުންތެރިންގެ ސަމާލުކަން ގެއްލިގެންދިޔަ ވަގުތު ޔޫވީއިން ގާތް ގާތުގައި 2 ލަނޑު ޖެހުމުން، ކުރިއަށް ހުރި މެޗުތަކުގައި މިފަދަ ކަންތައްތައް ރަގަނޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ކުޅުންތެރިންނަށް އަނިޔާނުވެ، ވީހާވެސް ފިޓްކޮށް ބޭތިއްބުމަށް މަސައްކަތް ކުރާނެކަމަށްވެސް ކުލަބް އީގަލްސްގެ ކޯޗް މޯހަން ބުނެފައިވެއެވެ.
ވަރަށް ވިސްނަން ކުޅުންތެރިންގެ ރިކަވަރީއަށާއި މާވަރުގަދަ ފަރިތަކުރުންތަކެއް ކުރިއަށް ނުގެންގޮސް، ޓެކްޓިކަލް ޓްރެއިނިންއެއް ބޮޑަށް ކުރަން ވިސްނަނީ. އެހެންނަމަވެސް އެހޫނުގެ ސަބަބުން ކުޅުންތެރިނޔާގެ ގައިން އެނާޖީތަކެއް ދަމާލާނެ.
– ކުލަބް އީގަލްސްގެ މޯހަން ބުނެފައިވެއެވެ.
މި ނަތީޖާއާ އެކު ފަސް މެޗުން އީގަލްސް ވަނީ ހަތަރު ޕޮއިންޓް ހޯދައިފައެވެ.
ކޮމެންޓު ފޮނުވާ