ބަލިވީ ނަސީބު އެހީ ނުވުމުން: މުހައްމަދު

ބަލިވީ ނަސީބު އެހީ ނުވުމުން: މުހައްމަދު

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 11:49
0

އީގަލްސް އަތުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިވީ ނަސީބު އެހީނުވުމުން ކަމަށް ޔޫވީގެ ކޯޗު މުހައްމަދު އާދަމް ބުނެފިއެވެ.

ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމްބުނީ މެޗުން ބަލިވީ ނަސީބުވެސް އެހީ ނުވުމުގެ ސަބަބުންކަމަށާއި މެޗަށް އައިއިރުވެސް އަނިޔާގެ މައްސަލަތައް ޓީމަށް ދިމާވެފައިވާކަމަށެވެ. ޔޫވީއިން 3 ބަދަލު ކުރިފަހުން ފަހަތަށް ކުޅޭ ކުޅުންތެރިއަކަށް އަނިޔާވެ، ކުޅުންތެރިއަކު އެރުވުމުގެ ފުރުސަތުވެސް ނެތް ހާލަތަށް ދިޔަކަމަށް މުހައްމަދު އާދަމް ވަނީ ބުނެފައެވެ. މުހައްމަދު އާދަމް ބުނީ އޭނާގެ ޓީމަށް ދިމާވެފައިވަނީ އަނިޔާގެ މައްސަލަ ކަމަށާއި މެޗުގެ ކުރިން ވެސް އަދި މެޗުގެ ތެރޭގައި ވެސް އެ މައްސަލަ ދިމާވި ކަމަށެވެ.

އީގަލްސް މެޗުގައި އަހަރުން އެތަނުން އެއް ކުޅުންތެރިއަކު ޓެސްޓުވެސް ކުރިން. އަނިޔާގެ މައްސަލަތަކާއެކުވެސް ކުރިއަށް ދާންޖެހޭނީ. އަނިޔާގެ މައްސަލައޭ ކިޔައިގެން ތިބެވޭކަށް ނެތް. މީގެ މައްސަލައަކީ ވެގެން އުޅޭ އަނިޔާގެތަށް ގިނަވުން. އާންމު ހާލަތުގައި އަނިޔާގެ މައްސަލަ ދިމާވާވަރަށް ވުރެއް ގިނައިން މިހާރު ކުޅުންތެރިންނަށް އަނިޔާ މިވަނީ.

– ޔޫވީގެ ކޯޗް މުހައްމަދު އާދަމް ބުނެފައިވެއެވެ.

މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިންހަމަޖެހޭކަމަށާއި މެޗުން ބަލިވީ އަނިޔާގެ މައްސަލަތަކާއި ހެދިކަމަށް ކޯޗް ފާހަގަކުރިއެވެ. އަދި 3-3ކުން މެޗް އެއްވަރުކޮށްލަންވެސް ފުރުސަތު ލިބުނުކަމަށް މުހައްމަދު އާދަމް ބުނެފައިވެއެވެ. މިހާރު ޔޫވީއަށް ދިމާވެފައިވާ މައްސަލައަކީ އަނިޔާގެ މައްސަލަތައް ގިނަވުންކަމަށެވެ.

މި މެޗުން ބަލިވި ޔޫވީ އޮތީ ތާވަލުގެ ފުލުގައި ފަސް މެޗުން ދެ ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.