ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މާޒިޔާ އަތުން ބަލިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ފުރަތަމަ ހާފު ދަށްކޮށް ދިއުން ކަމަށް ސަސްގެ ކޯޗު ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފިއެވެ.
ނާދު ބުނީ މެޗަށް ނުކުތީ ބައެއް ކުޅުންތެރިން އަނިޔާނުވެ، ކާޑު ދައްކާފައި ތިބި ކުޅުންތެރިން ކާޑެއް ނުހޯދާ މެޗުން ސަލާމަތްވުމަށް ކަމަށާއި، އެކަން ޕްލޭނާ އެއްގޮތަށް ދިޔަ ކަމަށެވެ. ސަސްގައި ތިބި ޖަޕާނުގެ ދެ ކުޅުންތެރިންނަކީ ހަގީގަތުގައި އެންމެ ރަނގަޅު ކުޅުންތެރިންގެ ގޮތުގައި ނުދެކޭ ކަމަށާއި ލެވަލަށް ބަލާއިރު އެއީ ހަމަ ދިވެހި ކުޅުންތެރިންނަށް ވެސް ކުޅެވޭނެ ވަރުކަން ނާދު ފާހަގަކުރި އެވެ. އެ މަގާމުތަކަށް ޓްރާންސްފާ މާކެޓްގައި ބަދަލުތަކެއް ގެންނަން ބޭނުންވާ ކަމަށް ނާދުވަނީ ބުނެފައެވެ.
ވަރަށް ބޮޑަށް ވިސްނަައިގެން ނުކުތީ ބައެއް ކުޅުންތެރިން އިންޖަރީނުވެ ކާޑު ދައްކާފައި ތިބި ކުޅުންތެރިން ކާޑެއް ނުހޯދާ މި މެޗުން ސަލާމަތްވާން. އެހެންވީމަ އެކަންކަމުން ޕްލޭނާ އެއްގޮތަށް ދިޔަ. އެކަމަކު ކުޅުމަށް ބަލާއިރު ފުރަތަމަ ހާފުގައި ޕްލޭނާ އެއްގޮތަށް ނުދިޔަ.
– ނާދު ބުނެފައިވެއެވެ.
މާޒިޔާ އަތުން ބަލިވި ސަސް އޮތީ ތާވަލުގެ ފަސްވަނައިގައި ފަސް މެޗުން ހަ ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ