ޚާމަނާއީގެ އަވަހާރަ ކޮށްލި ހަމަލާގައި ދަރިކަނބަލަކާއި، ދަނބިދަރިކަލަކާއި އަދި ކާފަދަރިކަލަކު އަވަހާރަ ވެއްޖެ

ޚާމަނާއީގެ އަވަހާރަ ކޮށްލި ހަމަލާގައި ދަރިކަނބަލަކާއި، ދަނބިދަރިކަލަކާއި އަދި ކާފަދަރިކަލަކު އަވަހާރަ ވެއްޖެ

Author
ޙަސަން މުޙައްމަދު
01 މާރޗް 2026 07:05
0

އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީގެ ދަރިކަނބަލަކާއި، ދަނބިދަރިކަލަކާއި އަދި ކާފަދަރިކަލަކު ހަމަލާތަކެއްގައި އަވަހާރަވެފައިވާ ކަމަށް، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއާ ގުޅުން އޮންނަ ފާރސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފިއެވެ. އެ އެޖެންސީން މިކަން ހާމަކޮށްފައިވަނީ ޚާމަނާއީގެ އޮފީހުގެ "މައުލޫމާތު އެނގޭ ފަރާތްތަކާ" ހަވާލާދީއެވެ.

މީގެ އިތުރުން، މި ހަމަލާތަކުގައި ޚާމަނާއީގެ ޅީދަރިކަނބަލަކުވެސް އަވަހާރަވެފައިވާ ކަމަށް ބުނެވޭ ކަމަށް ފާރސް ނިއުސް އިން ރިޕޯޓުކޮށްފައިވެއެވެ.

ޚާމަނާއީގެ ޅީދަރިކަނބަލުންނާއި ދަނބިދަރިކަލުން އަވަހާރަވި ކަމަށް މީގެ ކުރިންވެސް ރިޕޯޓުތަކެއް ފެތުރުނު ނަމަވެސް، ފަހުން އެ ޚަބަރުތައް ވަނީ ދޮގުކޮށްފައެވެ.

މިހަމަލާގައި، ޚުދު އީރާނުގެ ރޫހީ ލީޑަރު އަވަހާރަވިކަން އެގައުމުގެ ރަސްމީ ފަރާތްތަކުން އަދި މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް ޚާމަނާއީ އަވަހާރަވެފައިވާކަން އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.