ސަން ސިޔާމް އޮޅުވެލި ރިސޯޓުގައިވެސް ކޯވިޑްގެ ކްލަސްޓާއެއް އުފެދި، މިއަދު20 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން ވިދާޅުވީ މިއަދު ޕޮސިޓިވް ވި 50 މީހުންގެ ތެރެއިން 20 މީހުން ޕޮސިޓިވް ވެފައިވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުންކަމަށެވެ. މިރަށުން ޕޮސިޓިވްވެފައިވާ އެންމެންނަކީ ސްޓާފުން ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އެރިސޯޓުން އިތުރު ޓެސްޓު ހަދާފައިވަނީ، އެރިސޯޓުގެ 3 މުއައްޒަފުން ޕޮޝިޓިވް ވުމުގެ އިތުރަށް 1 ކޮންޓެންޓެއް ޕޮޒިޓިވެ ވެފައި ވާތީ ކަމަށާއި، މިހާތަނަށް 24 ފަރާތެއްވަނީ ޕޮޒިޓިވެފައި ކަމަށެވެ.
ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ މިހާތަނަށް އެރިސޯޓުން167 ރެންޑަމް ސާމްޕަލް ނަގާފައިވާކަމަށެވެ. އޭގެތެރެއިން ނަތީޖާ ނުލިބި23 ސާމްޕަލެއްވާއިރު،20 މީހަކު ޕޮޒިޓިވް ވެފައިވާކަމަށެވެ.
ކޯވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި އިގުތިޞާދު އަލުން ކޮޅަށްޖެހި ލިބެމުންދާ ކުރިއެރުން ފަހަތަށް ދާނޭހެން އެއްވެސް ފަރާތަކުން އަމަލުތައް ނުބަހައްޓަވައި، އެޗްޕީއޭގެ ގައިޑްލައިންތަކުގައި ހިފަހައްޓައިގެން ކުރިއަށް ދިއުމަށް ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްވެސް ވަނީ މިރޭ ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ