މަސްވެރިއެއްގެ ޞިއްޚީ ހާލަތު ދެރަވެ، ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޯށް ދިނުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެމްޑީއެފްއިން ބުނެފައިވަނީ ގއ. އަތޮޅުގެ ފަޅުރަށެއްކަމަށްވާ ހިތާދޫ ކައިރިން އެންދަމަން އުޅުނު "މަސް ޚަޒާނާ 5″ ނަމަކަށް ކިޔާ މަސްދޯންޏެއްގައި ހުރި 30 އަހަރުގެ ދިވެހި ފިރިހެނަކު ޞިއްޚީ އަވަސް ފަރުވާއަށް ގއ.އަަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ސަދަން އޭރިޔާ ކޯސްޓް ގާޑުން ހަރަކާތްތެރިވަމުންދާކަމަށެވެ.
މި ހާދިސާގެ މައުލޫމާ އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 20:18 ގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ