ޕީއެސްޖީ ވަރަށް ގިނަކަންކަން ރަނގަޅު ކުރަންޖެހޭ: ޕޮޗެޓީނިއޯ

ޕީއެސްޖީ ވަރަށް ގިނަކަންކަން ރަނގަޅު ކުރަންޖެހޭ: ޕޮޗެޓީނިއޯ

Author
މުޙައްމަދު ޝަޒައިމް
11 ޖެނުއަރީ 2021 08:47
0

ޕީއެސްޖީ ލީގުގައި މޮޅުވި  ނަމަވެސް ވަރަށް ގިނަކަންކަން ރަނގަޅުކުރަން ޖެހޭކަމަށް އެޓީމުގެ ކޯޗު މައުރީސިޔޯ ޕޮޗެޓީނިއޯ ބުނެފިއެވެ.

ލީގުގައި ބްރެސްޓް އަތުން ހޯދި މޮޅަށްފަހު ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު ޕޮޗެޓީނިއޯ ބުނީ މެޗުގައި ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރިކަމަށާއި ނަތީޖާ މެދު ހިތްހަމަޖެހޭ ކަމަށެވެ. މި ނަތީޖާ ރަނގަޅު ނަމެވެސް ޕީއެސްޖީން ރަނގަޅުކުރަން ހުރި ބައިވަރު ކަންކަން މެޗުގައި ފާހަގަވިކަމަށް ޕޮޗެޓީނިއޯ ބުނެފައިވެއެވެ.

އޭނާ ބުނީ ޕީއެސްޖީ ފެންވަރުގައި ހިފަހައްޓައި މެޗުތަކުން ނަތީޖާ ނެރުމަށް ކުރިޔަށް އޮތްތަނުގައި މަސައްކަތް ކުރަންޖެހޭކަމަށެވެ. ޕީއެސްޖީ ބުދަދުވަހު ނުކުންނާނީ ލީގުކަޕް ފައިނަލުގައި މާސޭއާ ދެކޮޅަށެވެ. ޕޮޗެޓީނިއޯ ބުނީ އެއީ އޭނާ އާއި ޕީއެސްޖީއަށް ވަރަށް ހާއްސަ މެޗެއް ކަމަށާއި ރަނގަޅު ހާލަތުގައި އޮވެ ރަނގަޅު ފުޓްބޯޅައެއް މާސޭއާ ދެކޮޅަށް ކުޅެން ބޭނުންވާކަމަށެވެ. އަބަދުވެސް މާސޭއާ ދެކޮޅަށް ނުކުންނައިރު ޕީއެސްޖީ މޮޅުވާން ޖެހޭނެކަމަށް ޕީއެސްޖީއާ އެކު ފުރަތަމަ މޮޅު ހޯދި ކޯޗު ވަނީ ބުނެފައެވެ.

މި ނަތީޖާ އެކު ޕީއެސްޖީ ދެވަނައިގަ އޮތީ އެއްވަނާގައިވާ ލިޔޯންއަށް ވުރެ އެއްޕޮއިންޓް މަދުން ހޯދައިގެންނެވެ. 19 މެޗުން ޕީއެސްޖީއަށް ލިބުނީ 39 ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.