ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

Author
ޢަލީ އާދަމް
11 ޖެނުއަރީ 2021 08:02
0

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފި އެވެ.

މި ތަކެތި ފެނިފައިވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރްސަލް ތަކެއް ބަލާފާސްކުރުމުގެ ތެރޭގައި އިއްޔެއެވެ. އަދި މި ތަކެތި މަސްތުވާތަކެއްޗަށް ޝައްކު ކުރެވިގެން ކަސްޓަމުން ތަހުލީލު ކުރިއިރު އެމްފެޓަމިން އަށް ޕޮޒިޓިވް ވެފައި ވާކަމަށް ކަސްޓަމުން ބުނެއެވެ.

މި މަސްތުވާ ތަކެތީގެ ބަރުދަނުގައި 14.00 ގްރާމް ހުރިކަމަށާއި މީގެ މަގުމަތީ އަގު 42 ހާސް ރުފިޔާއަށް އަރާމަށްވެސް ކަސްޓަމުން ބުނެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް މިހާރު ފުލުހުންނަށް މިތަކެތި ހަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.