އަނުޝްކާ ވިހައިފި: އަންހެން ކުއްޖެއް!

އަނުޝްކާ ވިހައިފި: އަންހެން ކުއްޖެއް!

Author
ޢަލީ އާދަމް
11 ޖެނުއަރީ 2021 04:38
0

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ އަންހެން ކުއްޖެއް ވިހައިފިއެވެ.

މީގެ ގަޑީރެއްހާއިރު ކުރި ވިރާޓް އޭނަގެ އިންސްޓަގަރާމް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ދެމަފިރިންނަށް މިއަދު މެންދުރު ފަހު އަންހެން ކުއްޖެއް ލިބިއްޖެ ކަމަށާާއި، ދަރިފުޅާއި އަނުޝްކާގެ ހާލުވެސް ރަނގަޅު ކަމަށެވެ.

 

View this post on Instagram

 

A post shared by Virat Kohli (@virat.kohli)

އަނުޝްކާގެ ފިރިމީހާ އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓްކޯލީ ބުނީ އެމީހުން ދިރިއުޅުމުގެ މުޅިން އައު ބާބެއް މިހާރު ފަށާފައި ވާކަމަށާއި، ހުރިހާއެންމެވެސް އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް އިހްތިރާމް ކޮށްދިނުން އެދޭކަމަށެވެ.

އަނުޝްކާ ބަނޑުބޮޑުކަން އިއުލާން ކޮށްފައިވަނީ މިދިޔަ އޯގަސްޓްމަހު އިންސްޓަގްރާމުން ކުރި ޕޯސްޓެއްގައެވެ. އޭރުވެސް ބުނެފައިވަނީ އައު މެހެމާނަށް ޖަނަވަރީ މަހު މަރުހަބާ ކިޔާނެ ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.