އަނުޝްކާގެ މާބަނޑު ދުވަސްތައް ފޮޓޯއިން!

އަނުޝްކާގެ މާބަނޑު ދުވަސްތައް ފޮޓޯއިން!

އަނުޝްކާ ޝަރްމާ އާއި ވިރާޓްކޯލީ އަކީ މުޅި އިނަޑިއާއިންވެސް އިންސްޓަގަރާމްގައި އެންމެ ނުފޫޒުގަދަ 2 މީހުނެވެ. މިދިޔަ އަހަރުގެ އިންސްޓަގްރާމްގެ އެނެމެ ނުފޫޒުގަދަ ތަރިންގެ ލިސްޓްގައި އިންޑިއާއިން އެންމެ ކުރީގައި އުޅެނީ މި ދެތަރިންނެވެ.

ދެތަރިން މިހާރު މިވަނީ އެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައެވެ. ވިރާޓް އޭނާގެ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ އަންހެން ދަރިއަކު ލިބިއްޖެ ކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މި ދެތަރިންގެ އަލަތު ދަރިފުޅުގެ ޚަބަރުވެސް އެންމެ ފުރަތަމަ އާންމުކުރީވެސް އިންސްޓަގްރާމްގައި ކުރި "ލޯބި" ޕޯސްޓަކުންނެވެ. މިދިޔަ އޯގަސްޓްމަހު އަނުޝްކާ މާބަނޑުކަން އިޢުލާންކުރުމަށްފަހު ސޯޝަލްމީޑިއާގައި އޭނަގެ އެކިއެކި ގިނަ ފޮޓޯތަކެއް ވަނީ ދައުރުވެފައެވެ.

މާބަނޑުކަން އިއުލާން ކުރިފަހުން ޕަޕަރާޒީންގެ އުނދަގުލާވެސް އެންމެ ބޮޑަށް ކުރިމަތިލާންޖެހުނު ދެ ތަރިންގެ ތެރޭ އަނުޝްކާ އާއި ވިރާޓް ހިމެނެއެވެ. ދާދިފަހުން އަނުޝްކާ ވަނީ އެ ދެމަފިރިން ބެލްކަނީގައި ތިއްބާ ޕަޕަރާޒީން އެތަން ފޮޓޯނެގުމުން ވަރަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ނަމަވެސް ސޯޝަލް މީޑިއާއިންވެސް މި ތަރިންގެ ފޮޓޯ އާންމުކޮށް ގެންދަނީ ހިއްސާކުރަމުންނެވެ. އެގޮތުން މާބަނޑު ވީފަހުން އާންމުންގެ ސަމާލުކަން ލިބުނު އަނުޝްކާގެ ފޮޓޯތަކަށް ބަލާލާނަމެވެ.

އިންސްޓަގްރާމް ފޮޓޯ:

އަނުޝްތާގެ މާބަނޑު އިރުގެ ފޮޓޯތައް ތެރެއިން ގިނަ ފޮޓޯތަކެއް އިންސްޓަގްރާމްގައި ފޭނުންނަށް ހިއްސާކޮށްފައިވެއެވެ. އޭގެތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ފޮޓޯއަކީ އޭނާ ބަނޑުބަޑުކަން ހާމަކުރަން ދެމަފިރިން އެކުގައި ނަގާ ހިއްސާކުރި ފޮޓޯއެވެ. މީގެ އިތުރުން އަނުޝްކާ މާބަނޑު އިރު އެކޮޅުކޮޅުން އޮވެ ޔޯގާ ހަދާ ފޮޓޯއަކީ އާންމުންގެ ތެރޭ ވަރަށް މަގްބޫލުވި ފޮޓޯއެކެވެ.

ވެކޭޝަން:


އަނުޝްކާ މާބަނޑުވީފަހުން ޗުއްޓީއަކަށާއެކު ދުބާއީއަށް ވަނީ ދަތުރުކޮށްފައެވެ. މި ދަތުރުގެ މައިގަނޑު ބޭނުމަކަށް ވިރާޓް ކްރިކެޓްކުޅޭތަން ބެލުން ވީނަމަވެސް ކޮންމެވެސް ވަރެއްގެ ޗުއްޓީއެއް ދުބާއީގައި ހޭދަކޮށް އެ ޗުއްޓީގެ ފޮޓޯ އާންމުންނަށް ހިއްސާކޮށްފައިވެއެވެ.

ކްރިކެޓް މެޗް ބެލުން:


ދުބާއީއަށް ދަތުރުކުރި މައިގަނޑު ބޭނުމަކީ އައިޕީއެލްގައި ވިރާޓް ކުޅޭތަން ބަލަން ކަމަށްވާތީ އަނުޝްކާ ވިރާޓްގެ މެޗްތަށް ބަލަން ސްޓޭޑިއަމަށް ދިޔަ ފޮޓޯތައްވެސް ވަނީ މީޑިއާގައި އާންމުވެފައެވެ.

އިޝްތިހާރު ޝޫޓިންގ:

ދުބާއީން އަނބުރާ އައުމަށްފަހު ބައެއް ސްޓޫޑިއޯ ތަކުންނާއި ސެޓްތަކުން އަނުންޝްކާ ވަނީ ފެނިގެން ގޮސްފައެވެ. މައިގަނޑު ބޭނުމަކީ އަނުޝްކާ މާބަނޑުމީހެއްގެ ގޮތުގައި ފެންނަ ބައެއް އެޑްތައް ޝޫޓުކުރުމެވެ.

އިޝްތިހާރު:

އަނުޝްކާ މާބަނޑު އިރު ޝޫޓްކުރި ބައެއް އެޑްތަކުގެ ފޮޓޯމަތީގައި އެވަނީ އެވެ. ހަގީގަތުގައި މާބަނޑު ދުވަސްވަރު މާބަޑު ރޯލެއްކުޅުން ގައިމުވެސް ވަރަށް ނެޗުރަލް ވާނެ ނޫންތޯއެވެ؟

މެގަޒިން ފޮޓޯ ޝޫޓް:

އަނުޝްކާ ވަނީ މާބަނޑު އިރުގެފޮޓޯއެއް ވޯގް މެގަޒިންގައި ޖަހާފައެވެ. އެ މަޖައްލާގެ ޖަނަވަރީމަހުގެ އަދަދުގެ ބޭރުގައި ވަނީ އަނުޝްކާގެ މި ފޮޓޯއެވެ.

އާއިލީ ހަފްލާތައް:

މާބަޑު ދުވަސްވަރު އާންމުކޮށް ގޭގައި ހޭދަކުރެވޭއިރު ގިނައާއިލީ ހަފްލާތަކުގައި ބައިވެރި ވެނޭނެތާއެވެ. އަދި އަނުޝްކާގެ މާބަނޑު ދުވަސްވަރުގެ ބޮޑުބައެއް ހޭދަ މިވީ ކޯވިޑްގެ ބަލިމަޑު ކަމުގެ ތެރެއިންނެވެ. ނަމަވެސް އާއިލީ ހަފްލާތަކަށް އޭނާ ވަނީ އިސްކަންދީފައެވެ.

އަނުޝްކާ އާއި ވިރާޓަށް އަންހެންކުއްޖެއް ލިބިފައި ވާއިރު، ވިރާޓްހުރީ އޮސްޓްރޭލިއާގައި ޓެސްޓް ސީރީޒްއެއް ކުޅެމުންދާ އިންޑިއާ ޓީމްގެ ފުރަތަމަ މެޗު ކުޅުމަށްފަހު ޓީމު ދޫކޮށްލައި، މުމްބާއީއަށް އައިސް އަނުޝްކާގެ ކައިރީގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *