މި ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ޢުމްރާނީ ތަރައްޤީއަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، ހަމައެކަނި މި އަހަރުގެ ތެރޭގައިވެސް އާ 6 ހޮސްޕިޓަލެއްގެ ޚިދުމަތް ފެށިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ޕީއެސްއެމްގެ "ރިޔާސީ ބަޔާން" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހޮސްޕިޓަލްތަކެއްގެ މަސައްކަތް މިހާރުވެސް އެކި މަރުޙަލާތަކުގައި ބާރަށް ކުރިއަށްދާ ކަމަށެވެ. ޝަރީފް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ދައުރު ނިމިގެންދާއިރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރާއި ޖާގައަށް ޒަމާނީ ބަދަލުތަކެއް ގެނައުމެވެ.
މިގޮތުން މިއަހަރުގެ ތެރޭގައި މަސައްކަތް ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށް ލަފާކުރެވޭ ހޮސްޕިޓަލްތަކުގެ ތަފްޞީލުވެސް ސްޓޭޓް މިނިސްޓަރު ވަނީ ދެއްވާފައެވެ. އޭގެ ތެރޭގައި ހއ. ހޯރަފުށި، ނ. ކެނދިކުޅުދޫ، ރ. ދުވާފަރު، ބ. ތުޅާދޫ، ޅ. ހިންނަވަރު އަދި ކ. ގުރައިދޫގައި ތަރައްޤީކުރަމުންދާ ހޮސްޕިޓަލްތައް ހިމެނޭކަމަށް ޝަރީފް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ