ރައީސް މުއިއްޒު ޖަރުމަނަށް ކުރައްވާ ދަތުރުފުޅުގައި ރަސްމީ މަރުހަބާ ދަންނަވައިފި

ރައީސް މުއިއްޒު ޖަރުމަނަށް ކުރައްވާ ދަތުރުފުޅުގައި ރަސްމީ މަރުހަބާ ދަންނަވައިފި

Author
ހުސައިން
10 ފެބްރުއަރީ 2026 11:26
0

ޖަރުމަނުގެ ރިޔާސީ ގަނޑުވަރު ޝްލޮސް ބެލްވޫގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރާއްޖޭގެ ވަފުދަށް ރަސްމީކޮށް މިއަދު މަރުހަބާ ދަންނަވައިފި އެވެ. ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅު ދިމާވަނީ ދެ ގައުމު ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ ތާރީހީ މުނާސަބަތާ ކަމަށްވުމުން، ދަތުރަށް ހާއްސަ ފަރުވާތެރިކަމެއް ލިބިފައިވެ އެވެ.

ރަސްމިއްޔާތުގައި ދެ ރައީސުން ޝަރަފުގެ ގާޑް އިންސްޕެކްޓްކުރެއްވިއިރު، ދެ ގައުމުގެ ވަފުދު ތައާރަފުކޮށްދެއްވައި ހަނދާނީ ފޮޓޯފުޅެއް ނަންގަވައި، ރައީސް މުއިއްޒު ވަނީ މެހުމާނުންގެ ފޮތުގައި ސޮއިކުރައްވާފަ އެވެ.

ދަތުރުފުޅުގެ ތެރެއިން ވިޔަފާރިވެރިންނާ ބޭއްވި "މޯލްޑިވްސް–ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް"ގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ރަސްމީ ރިޒާވް ތާރީހީ ހަންތިއަށް ވާސިލުވެ، ބޭރު ފައިސާ ދައުރުވާ ނިޒާމު ހަރުދަނާވެ، އިންވެސްޓަރުންގެ އިތުބާރު ވެސް ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.