ހިޔާ މަޝްރޫޢުގެ ވިޔަފާރި ޔުނިޓްތައް ބަލައިލުމުގެ ފުރުޞަތު ހުޅުވާލައިފި

ހިޔާ މަޝްރޫޢުގެ ވިޔަފާރި ޔުނިޓްތައް ބަލައިލުމުގެ ފުރުޞަތު ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
11 ޖެނުއަރީ 2021 09:31
0

ހިޔާ މަޝްރޫޢުގެ ވިޔަފާރި ޔުނިޓްތައް ބަލައިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނެފައިވަނީ ހިޔާ މަޝްރޫޢުގައި ހިމެނޭ ވިޔަފާރި ޔުނިޓުތައް ބަލައިލުމުގެ ފުރުޞަތު ހުޅުވާލެވުނު ކަމުގައިވީނަމަވެސް، ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އެފުރުޞަތު ވަނީ ރަޖިސްޓްރީ ކުރިފަރާތްތަކަށް ނުދެވި ކަމުގައެވެ. އެހެންނަމަވެސް، ހުޅުމާލެ ފޭސް 2 ގެ ހިޔާ މަޝްރޫޢުގައި ހިމެނޭ ވިޔަފާރި ޔުނިޓުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާތީއާއި ކުރިއަށް އޮތްތަނުގައިވެސް ހިޔާ މަޝަރޫއުގެ އިތުރު ވިޔަފާރި ޔުނިޓުތަކަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާތީ، މިޔުނިޓްތައް ބަލައިލުމަށް ރަޖިސްޓަރކުރުމުގެ ފުރުޞަތު އަލުން ވަނީ ހުޅުވާލާފައެވެ.

މި ވިޔަފާރި ޔުނިޓްތައް ބެލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް 10 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެން 17 ޖަނަވަރީ 2021 ގެ މެންދުރު 12:00 ގެ ކުރިން އޮންލައިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށް ވަނީ ދަންނަވާފައެވެ. އަދި ކޯވިޑް -19 ރޯގާގެ ހާލަތާއި ގުޅިގެން، އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، ކަނޑައެޅިފައިވާ ތާރީޙުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށާއި (ބަދަލުގައި ވަޑައިގެންފާނެ ފަރާތްތައް ހިމެނޭ ގޮތަށް) އަދި ރަޖިސްޓްރީކޮށްފައިވާ ފަރާތާއެކު ވަޑައިގަންނަވާ އިތުރު އެއްވެސް ފަރާތަކަށް މިޔުނިޓްތައް ބެލުމުގެ ފުރުޞަތު ނުދެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި، ރަޖިސްޓްރީކުރައްވާ ފަރާތްތަކާއެކު ވިޔަފާރި ޔުނިޓްތައް ދެއްކުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތުގެ ތަފްސީލު ހިއްސާކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.