މަރަދޫފޭދޫ ކޯޓް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

މަރަދޫފޭދޫ ކޯޓް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

Author
މުޙައްމަދު ޝަޒައިމް
11 ޖެނުއަރީ 2021 08:56
0

ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިބްރާހީމް ނަފީސް ޙުސައިން ގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔަ ޤަޟިއްޔާއެއްގައި ދައުވާ ލިބުނު ފަރާތަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމުގެ ފުރުޞަތު އެ ޤަޟިއްޔާ ބެއްލެވި ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިބްރާހީމް ނަފީސް ޙުސައިން ނުދެއްވި ކަމަށް ބުނާ މައްސަލައެއް ތަޙްޤީޤްކުރުމަށް މި ކޮމިޝަނުގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމެޓީން ނިންމާފައިވާކަމަށެވެ.

އިސްމެޖިސްޓްރޭޓް އިބްރާހީމް ނަފީސް ޙުސައިންގެ ސުލޫކީ މި މައްސަލަ ތަޙުޤީޤުކުރުމަށް އިއްޔެ ބޭއްވި ކޮމިޝަންގެ ޖަލްސާގައި ތަހްޤީޤު ކޮމެޓީ އެކުލަވާލައި މައްސަލަ ވަނީ ބަލަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.