ދަރިވަރުންގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، ފަސޭހަކުރުމަށް "ކުރި" ޕޯޓަލް އިފްތިތާޙްކޮށްފި

ދަރިވަރުންގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، ފަސޭހަކުރުމަށް "ކުރި" ޕޯޓަލް އިފްތިތާޙްކޮށްފި

Author
އަހުމަދު
03 ފެބްރުއަރީ 2026 04:25
0

މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނީކޮށް، ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަނުން "ކުރި" ޕޯޓަލް މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ޕޯޓަލް އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕޯޓަލް ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ދަރިވަރުންގެ ކަންކަމުގައި ދިމާވާ ދަތިތަކާއި އުފުލަންޖެހޭ ތަކުލީފުތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ދަރިވަރުންނަށް ބޭނުންވާ ޚިދުމަތްތައް އަވަސްކަމާއި ފަސޭހަކަމާއެކު ލިބިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ޕޯޓަލް ތަޢާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0″ ތަޞައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަޝްރޫޢުގެ އަމާޒަކީ ރާއްޖޭގެ މުއަައްސަސާތައް ޑިޖިޓަލައިޒްކޮށް، ދަރިވަރުންނާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށާއި، "ކުރި" ޕޯޓަލްއަކީ މި މިސްރާބަށް އެޅުނު މުހިންމު ބިންގަލެއް ކަމަށްވެސް މިނިސްޓަރު ޑރ. ޢަލީ ޙައިދަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.