މަސްވެރިންނާއި، އޮޑިވެރިންނަށް ގާތުން ޚިދުމަތް ދިނުމަށް އެމްޓީސީސީން ހއ، އަދި ހދ ގެ އަތޮޅުތަކަށް

މަސްވެރިންނާއި، އޮޑިވެރިންނަށް ގާތުން ޚިދުމަތް ދިނުމަށް އެމްޓީސީސީން ހއ، އަދި ހދ ގެ އަތޮޅުތަކަށް

Author
މުޙައްމަދު ޝަޒައިމް
10 ޖެނުއަރީ 2021 07:33
0

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީގެ ޓީމް ހއ. އަދި ހދ. ގެ ރަށްތަކަށް ދަތުރެއް ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

މި ޓީން ހަރަކާތްތެރިވާން ހަމަޖެހިފައިވަނީ 12 އިން 18 ޖެނުއަރީ 2021 ގެ ނިޔަލަށް ހއ. އަތޮޅުގައެވެ. އަދި 19 އިން 24 ޖެނުއަރީ 2021 ގެ ނިޔަލަށް ހދ. އަތޮޅުގައެވެ.

މިދަތުރުގެ މަޤްސަދަކީ ކޮވިޑް-19 ގެ މިހާލަތުގައިވެސް މަސްވެރިންނާއި، އޮޑިވެރިންނާއި އަދި ދަތުރުވެރިންނަށް ގާތުން ޙިދުމަތް ދިނުމެވެ. އޮޑިވެރިންނާއި، އޮޑިދޯނިފަހަރު ބަންނަމުންދާ ފަރާތްތަކަށް މިހާލަތުގައި އެކިގޮތްގޮތުން ދިމާވެފައިވާ އަދި ދިމާވަމުންދާ ދަތިތަށް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާމެދު އޮޑިވެރިންނާއި، އޮޕްރޭޓަރުންނާއި، އިންޖިނޭރުންނާއި، އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކާއި މަޝްވަރާ ކުރުމެވެ.

މިދަތުރުގައި ކުރިއަށްދާނެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި، އަލަށް ބަންނަމުންދާ އޮޑިދޯނިފަހަރު އިންސްޕެކްޓްކޮށް، މިހާރު ދުއްވަމުންދާ އޮޑިފަހަރުގެ އިންޖީނަށް މައްސަލައެއް ދިމާވާކަން ފާހަގަކުރެވޭނަމަ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އެމްޓީސީސީން ފޯރުކޮށްދޭ ޙިދުމަތްތައް ލިބުމުގައި އަތޮޅުތެރޭގައި ތިއްބެވި ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތައް ދިރާސާކުރުމާއި، އިންޖީނާއި ސްޕެއަރ ޕާރޓްސް ގަތުމުގައި މާލީގޮތުން ދިމާވާ ގޮންޖެހުންތަކަށް މިހާލަތުގައި ތަޢާރަފުކުރެވިފައިވާ ފައިސާ ދެއްކޭނެ ޕްލޭންތަކާބެހޭ މަޢުލޫމާތު އޮޑިވެރިންނާއި ޙިއްސާކުރުން ހިމެނެއެވެ.

އެމްޓީސީސީގެ އާންމުވިޔަފާރި ފެށިފައިވަނީ، ކުންފުނި އުފެދުނު ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް ފެށުނު، އޮޑިދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަސައްކަތުގެ ތެރެއިންނެވެ. އާންމުވިޔަފާރި ފެށުނުއިރުވެސް ކުންފުނީގެ މަޤްޞަދަކަށް ވެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އޮޑިވެރިންނަށް މިދާއިރާއިން ޙައްލު ހޯދާދިނުމާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.