ގުޅީފަޅުން 41 ފަރާތަކަށް ބިން ހަވާލުކޮށްފި

ގުޅީފަޅުން 41 ފަރާތަކަށް ބިން ހަވާލުކޮށްފި

Author
ހުސައިން
22 ޖެނުއަރީ 2026 11:13
0

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރާ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފަށައި، މިއަދު 41 މީހަކަށް ގޯތި ހަވާލުކޮށްފިއެވެ.

ކުރީގެ ސަރުކާރުން ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކައި މާލޭ ރައްޔިތުންނަށް ގޯތި ދީ ރަޖިސްޓްރީ ހަވާލުކޮށްފައިވާއިރު، މިހާރުގެ ސަރުކާރުން އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅައިފައިވެއެވެ. މި ބަދަލާ ގުޅިގެން އަލުން ގުރުއަތު ނަގައި ރަޖިސްޓްރީ ދޫކޮށްފައިވާއިރު، ގޯތިތައް ހަވާލުކުރުމުގެ ކުރިން ބިން ސާފުކޮށް އިން ވަކިކޮށްފައިވެއެވެ.

ސަރުކާރުން ނިންމާފައިވަނީ ގުޅީފަޅުން 2،438 ގޯތި ދޭށެވެ. މީގެ ތެރޭގައި ގިރާވަރު ފަޅުން ގުޅީފަޅަށް ބަދަލުކުރި ގޯތިތައް ވެސް ހިމެނެއެވެ. އާ ލޭންޑް ޔޫސް ޕްލޭނުގައި ދިރިއުޅުމަށާއި، ސޯޝަލް ހައުސިންއަށާއި، ތައުލީމީ، ސިއްޙީ، އިންޑަސްޓްރިއަލް އަދި ސިޓީ ހޮޓަލް ފަދަ ހިދުމަތްތަކަށް ބިން ކަނޑައަޅާފައިވާއިރު، ޕާކުތަކާއި ކުޅިވަރު ސަރަހައްދުތައް ވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.