މަޝްހޫރު ދީނީ އިލްމުވެރިޔާ އަޒީބެއަށް ސްޓްރޯކެއް ޖެހިވަޑައިގެން ފަރުވާދޭން ފަށައިފި

މަޝްހޫރު ދީނީ އިލްމުވެރިޔާ އަޒީބެއަށް ސްޓްރޯކެއް ޖެހިވަޑައިގެން ފަރުވާދޭން ފަށައިފި

Author
އައިޝަތު އަޙްމަދު
21 ޖެނުއަރީ 2026 12:02
0

ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އަބްދުލްއަޒީޒް ޙުސައިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހިވަޑައިގެން، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފިއެވެ.

އަޒީބެއަށް ކުއްލި ސިއްހީ މައްސަލައެއް ދިމާވެ، ފަރުވާ ދެމުންދާކަން ހާމަކުރެއްވީ އެމަނިކުފާނުގެ ދަރިކަލުން އަޙްމަދު ކުމައިލް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝައިޚަށް ސްޓްރޯކެއް ޖެހިވަޑައިގެންނެވިކަން ކުމައިލް ކަށަވަރުކޮށްދެއްވި ނަމަވެސް، މިވަގުތު ޝައިޚްގެ ސިއްހީ ހާލުކޮޅާ ގުޅޭ ތަފްސީލީ އިތުރު މައުލޫމާތެއް އާއިލާއިން ހާމަކުރައްވާފައެއް ނުވެއެވެ.

އަޒީބެއަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ، އާންމުންގެ ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރިއެކެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގެ އެކި މިސްކިތްތަކުގައި ދެއްވާ ދީނީ ދަރުސްތަކާއި، ޓީވީ ޗެނަލްތަކުން ގެނެސްދޭ ދީނީ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން ފޯރުކޮށްދެއްވާ މުހިންމު މައުލޫމާތުތަކަކީ ގިނަ ބަޔަކު ބަލައިގަންނަ ކަންތައްތަކެވެ.

ދީނީ ދަޢުވަތުގެ މައިދާނުގެ އިތުރުން، ތަޢުލީމީ އަދި އިދާރީ ދާއިރާގައިވެސް އަޒީބެ ވަނީ ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައެވެ. މީގެ ކުރިން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އިސް މަގާމުތަކާއި، އަރަބިއްޔާ ސްކޫލުގައި ވެސް އެމަނިކުފާނު މަސައްކަތް ކުރެއްވިއެވެ. އަދި މިހާރު އަޒީބެ ގެންދަވަނީ ޒަމްޒަމް އުމްރާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ވެސް ޚިދުމަތް ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.