މި މަސް ނިމުމުގެ ކުރިން އަތޮޅު ހޮސްޕިޓަލްތަކަށް ބޭނުންވާ ލޯންޗުތައް ފޯރުކޮށްދީ ނިމޭނެ: މިނިސްޓަރު

މި މަސް ނިމުމުގެ ކުރިން އަތޮޅު ހޮސްޕިޓަލްތަކަށް ބޭނުންވާ ލޯންޗުތައް ފޯރުކޮށްދީ ނިމޭނެ: މިނިސްޓަރު

Author
ހުސައިން
18 ޖެނުއަރީ 2026 12:49
0

މި ހިނގާ މަސް ނިމުމުގެ ކުރިން، އަތޮޅު ހޮސްޕިޓަލްތަކުގެ ތެރެއިން ލޯންޗު ނުލިބި ހުރި ހަތް އަތޮޅަށް ލޯންޗު ފޯރުކޮށްދީ ނިންމަވާނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ހުވަދު އަތޮޅަށް ލޯންޗު ފޯރުކޮށްދީފައިވާ ކަމަށާއި، ވަރަށް އަވަހަށް ދާލު އަތޮޅަށާއި ބާކީ ހުރި އަތޮޅުތަކަށްވެސް ލޯންޗުތައް ފޮނުވޭނެ ކަމަށެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ އަތޮޅު ތެރޭގެ ސިއްހީ ޚިދުމަތް ހަރުދަނާ ކުރުމެވެ. މި ލޯންޗުތަކުގެ ސަބަބުން ޚާއްސަ ޑޮކްޓަރުން ރަށްރަށަށް ޒިޔާރަތްކުރުމަށާއި، ވެކްސިނާއި ލެބޯޓަރީ ސާމްޕަލް އުފުލުމަށް ފަސޭހަވެގެންދާނެއެވެ. އަދި ސީ އެމްބިއުލާންސް ނުލިބޭ ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމަށްވެސް މި ލޯންޗުތައް ބޭނުންކުރެވޭނެއެވެ.

"މޯލްޑިވްސް ހެލްޕް ލައިން" ގެ ދަށުން ޖުމްލަ 20 ލޯންޗު އަތޮޅުތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހުވަދު އަތޮޅާއި ފުވައްމުލަކަށް ޚާއްސަ 42 ފޫޓުގެ ލޯންޗުތަކާއި، އެހެެން އަތޮޅުތަކަށް ދޫކުރާ 38 ފޫޓުގެ ލޯންޗުތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.