ޝާހިދުގެ މެސެޖު: ޕްރައިމަރީގެ ހުރިހާކަމެއް ސުލްހަވެރިކަމާއެކު ކުރިޔަށް ގެންގޮސްދެއްވާތި

ޝާހިދުގެ މެސެޖު: ޕްރައިމަރީގެ ހުރިހާކަމެއް ސުލްހަވެރިކަމާއެކު ކުރިޔަށް ގެންގޮސްދެއްވާތި

Author
ހުސައިން
15 ޖެނުއަރީ 2026 07:36
0

މާދަމާ އޮންނަ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި އެ ޕާޓީގެ ހުރިހާ މެމްބަރުން ވެސް ބައިވެރިވެވަޑައިގެން ވޯޓު ދެއްވުމަށް، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އިލްތިމާސް ކުރައްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ، މާދަމާގެ ވޯޓުލުމުގެ ކަންކަން ސުލްހަވެރިކަމާއި އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ޕްރައިމަރީގެ ނަތީޖާއަށްފަހު، ކާމިޔާބުވާ ކެންޑިޑޭޓުންނާއި ނާކާމިޔާބުވާ ކެންޑިޑޭޓުން ވެސް އެކުގައި ނުކުމެ، ޕާޓީއަށް ކައުންސިލް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ގަދައަޅައި މަސައްކަތްކޮށްދެއްވުމަށް ޝާހިދު ގޮވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީގެ މައިގަނޑު އަމާޒަކަށް ވާންވާނީ އެއްބައިވަންތަކަމާއެކު އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ.

މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝާހިދު ސިފަކުރެއްވީ މިއީ ދޮގާއި މަކަރާއި ހީލަތާއި ފަސާދައިގެ މައްޗަށް ބިނާވެފައިވާ ވެރިކަމެއްގެ ގޮތުގައެވެ. އެހެންކަމުން، މި ސަރުކާރު ބަލިކޮށްލުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށާއި، އެކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.