އެންސްޕާއިން ފޯރުކޮށްދެމުންދާ އެހީތަކަށް އެދުމަށް ޚާއްސަ ހެލްޕް ޑެސްކެއް ތައާރަފްކޮށްފި

އެންސްޕާއިން ފޯރުކޮށްދެމުންދާ އެހީތަކަށް އެދުމަށް ޚާއްސަ ހެލްޕް ޑެސްކެއް ތައާރަފްކޮށްފި

Author
ޙަސަން މުޙައްމަދު
13 ޖެނުއަރީ 2026 09:13
0

ސަރުކާރުން ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ފޯރުކޮށްދެމުންދާ އިނާޔަތްތައް ނުވަތަ އެހީތަކަށް އެދުމަށް ހާއްސަ ހެލްޕް ޑެސްކެއް ތައާރަފްކޮށްފިއެވެ. މި ހެލްޕް ޑެސްކް ގާއިމްކޮށްފައި ހުންނަނީ ހެންވޭރު ފެރީ ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާގައެވެ.

 

ހެލްޕް ޑެސްކް ގާއިމްކޮށްފައި ހުންނަނީ ހެންވޭރު ފެރީ ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާގަ އެވެ. އެންސްޕާއިން ބުނީ ހަފްތާ ބަންދު ދުވަސްތައް ފިޔަވައި އަދި ސަރުކާރުން ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހަކު ވެސް މި ޑެސްކްއިން ހިދުމަތް ލިބޭނެ ކަމަށެވެ. އާދިއްތައިން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:30 އިން ހަވީރު 04:00 އަށް މި ހެލްޕް ޑެސްކްއިން ހިދުމަތް ލިބޭނެ އެވެ.

މި ހެލްޕް ޑެސްކްއިން ސަރުކާރުން ދެމުންދާ އިނާޔަތްތަކާއި ގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެގޮތުން އެޕްލިކޭޝަން ފުރުމާއި އެޕްލިކޭޝަން ހުށަހެޅުމުގެ ކަންކަން އޮޅުން ފިލުވައިދީ މިހާރު ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އަދާހަމަ ބަލައިދިނުމާއި ފޯމްތައް ހުށަހެޅުމުގައި ދިމާވާ އާންމު ދަތިތައް ހައްލުކޮށްދިނުމަށް އެހީވެދޭނެކަމަށް އެންސްޕާއިން ބުނެއެވެ.

މި ހެލްޕް ޑެސްކް މެދުވެރިކޮށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް، ސިންގަލް ޕޭރަންޓް ނުވަތަ އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް، ފޯސްޓަރ ކޮށްގެން ދަރިން ބަލާ ބެލެނިވެރިންގެ އެލަވަންސް، ފުޑް އެސިސްޓަންސް ނުވަތަ ކާބޯތަކެއްޗަށް އެހީއަށް އެދޭ އެލަވަންސް، ތެރަޕީގެ ހިދުމަތްތަކަށް އެދޭ އެލަވަންސް، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސް އަދި އައިވީއެފް ޓްރީޓްމަންޓް ހޯދުމަށް އެންސްޕާއިން ދޭ އެލަވަންސް ހިމެނެއެވެ.

ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މި ހިދުމަތްތަކަށް އެދި ހުށަހެޅުން ވެސް މިހާރު ވަނީ އޮންލައިން ހިދުމަތަކަށް ބަދަލުކޮށްފައެވެ. މި ހެލްޕް ޑެސްކުގެ ބޭނުމަކީ ސަރުކާރުގެ ޑިޖިޓަލް ނިޒާމު، "ވަންގަވް"ގެ ތެރެއިން ހޯދަން ޖެހޭ ހިދުމަތްތައް ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދީ އާންމުންނަށް މި ހިދުމަތް ފޯރުކޮށްދިނުމުގައި ލުއިފަސޭހަ ކޮށްދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.