ސްޓެލްކޯގެ އިސްވެރިންނަށް ފިޔަވަޅު އެޅި ސަބަބާއި ލީކުވި އޯޑިއޯގެ ހަގީގަތް ހާމަކުރުމަށް އެމްޑީޕީން ގޮވާލައިފި

ސްޓެލްކޯގެ އިސްވެރިންނަށް ފިޔަވަޅު އެޅި ސަބަބާއި ލީކުވި އޯޑިއޯގެ ހަގީގަތް ހާމަކުރުމަށް އެމްޑީޕީން ގޮވާލައިފި

Author
ހުސައިން
12 ޖެނުއަރީ 2026 03:09
0

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު މަގާމުން ވަކިކުރުމާއި، ޕްރޮކިއުމެންޓް ޑިޕާޓްމަންޓުގެ އިސް ވެރިޔާ އަޒްހަދު ރަމީޒު މަގާމުން އެއްފަރާތްކުރުމާ ގުޅިގެން އެ ކުންފުނީގެ ތެރޭގައި ހިނގަމުންދާ ކަންކަން ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ. އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، ކޮރަޕްޝަނަށް އިއުތިރާަފުވެ ވާހަކަދައްކާ އަޑު އިވޭ އޯޑިއޯއެއް ލީކުވެފައިވާއިރު، އޭގެ ސައްހަކަން ކަށަވަރުކޮށް ސަރުކާރުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

ޝަމާހު ވަނީ އެ އޯޑިއޯ ދޮގުކޮށް، އެއީ އޭނާ ފްރޭމްކުރަން ބަޔަކު ހަދާފައިވާ އެއްޗެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ކަރަންޓު ބިލު ބޮޑުވުން ފަދަ އާންމުންގެ ޝަކުވާތައް އިންތިހާއަށް ހުރިއިރު، ކުންފުނީގެ ވެރިން ވަކިކުރި ސަބަބާއި ކޮރަޕްޝަންގެ ތުހުމަތުތަކުގެ ހަގީގަތް ހާމަކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ގަޕޯ ފާހަގަކުރެއްވިއެވެ. ޕްރައިވަޓައިޒޭޝަން ބޯޑުން ޝަމާހު ވަކިކުރި ސަބަބު ހާމަނުކުރި ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޝަމާހުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދާކަން ކަށަވަރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.