ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ 5 އަށް ތާވަލުކޮށްފި

ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ 5 އަށް ތާވަލުކޮށްފި

Author
އައިޝަތު އަޙްމަދު
11 ޖެނުއަރީ 2026 01:54
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، އަންނަ ފެބްރުއަރީ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ނިންމަވާފައިވަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އެދުވަހުގެ ހެނދުނު 9:00 ގައި ބޭއްވުމަށެވެ.

ކޮންމެ އަހަރެއްގެވެސް މަޖިލިހުގެ ފުރަތަމަ ޖަލްސާ ޚާއްޞަކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށެވެ. މި ޖަލްސާގައި ޤައުމުގެ ޙާލަތާއި ސަރުކާރުގެ ކުރިމަގުގެ ތަސައްވުރު ބަޔާންކޮށްދެއްވައި ރައީސް ވާހަކަފުޅު ދައްކަވާނެއެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ދުވަހު ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކުގެ ތަފްސީލުތައް މިފަހަރުގެ ބަޔާނުގައި ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.