ފަސް އަހަރުގެ ތެރޭގައި އާސަންދައިން އަމިއްލަ ހޮސްޕިޓަލުތަކަށް ތިން ބިލިއަން ރުފިޔާ ޚަރަދުކޮށްފި

ފަސް އަހަރުގެ ތެރޭގައި އާސަންދައިން އަމިއްލަ ހޮސްޕިޓަލުތަކަށް ތިން ބިލިއަން ރުފިޔާ ޚަރަދުކޮށްފި

Author
ޙަސަން މުޙައްމަދު
06 ޖެނުއަރީ 2026 08:39
0

އޮޑިޓް އޮފީހުން މިއަދު ނެރުނު އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމުގެ ޕާފޯމަންސް އޮޑިޓް ރިޕޯޓްގައި ވަނީ ފަސް އަހަރުގެ ތެރޭގައި އަމިއްލަ ހޮސްޕިޓަލުތަކަށް އާސަންދައިން ކުރި ހަރަދު ތިން ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާކަން ހާމަކޮށްފައެވެ. 2019 އިން 2024އަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އަމިއްލަ ހޮސްޕިޓަލުތަކަށް 3.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ކްލިނިކްތަކަށް 779.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ރިޕޯޓްގައިވެއެވެ.

ކްލިނިކުތަކަށް އަހަރުން އަހަރަށް ކުރި ޚަރަދުވެސް 18 ޕަސެންޓް އިތުރުވަމުން ދިޔަކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އާސަންދަ ސްކީމުގެ އެމްޕެނަލް ކޮމިޓީން ހަމަޖައްސާފައިވާ އަގަށް ވުރެ އިތުރަށް ޚިދުމަތްތަކަށް އަގުކުރުމުންނާއި ސްކީމުގެ އިދާރީ ހިންގުމަށް ބޭނުންކުރާ ޕޯޓަލްތަކުގައި އަދި ޚިދުމަތުގެ މާސްޓާސް ލިސްޓުގައި އެކަށީގެންވާ އިންޓާނަލް ކޮންޓްރޯލްތައް ގާއިމުވެފައި ނުވުމުން މި މައްސަލަ ދިމާވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.