މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅުގެ 75 ޕަސެންޓް މިހާރުވެސް މިފްކޯއިން ތައްޔާރުކޮށްފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މިފްކޯ އާއި އެސްޓީއޯއާ ބައްދަލުކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޖެނުއަރީ 15 ވަނަ ދުވަހާ ހަމައަށް އަންނައިރު މަސްދަޅު ބެހުމުގެ ހުރިހާ ތައްޔާރީއެއް ފުރިހަމަވާނެ ކަމަށާއި، 15 ގެ ކުރިން މަސްދަޅު ބެހުމާއި ގުޅޭ މުހިންމު މައުލޫމާތު އާންމުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭސް ދީފައިވާއިރު، މިފަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދޭނެ އައިޓަމް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. އާދަމް ޝަރީފް ފާހަގަކުރެއްވީ ރޯދަ ހަދިޔާ ބެހުމުގެ ތަޖުރިބާގެ އަލީގައި މިފަހަރު މާ ފުރިހަމައަށް ކަންކަން ރާވައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓު ފޮނުވާ