މާލޭ ސިޓީ ކައުންސިލްގެ އެސްޖީ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް: ޓައިބިއުނަލް

މާލޭ ސިޓީ ކައުންސިލްގެ އެސްޖީ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް: ޓައިބިއުނަލް

Author
ޙަސަން މުޙައްމަދު
03 ޖެނުއަރީ 2026 03:02
0
މާލޭ ސިޓީ ކައުންސިލު ސެކެއްޓްރީ ޖެނެރަލް ވަޖީހު ނަސީރު، މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ އެސްޖީ ވަޖީހު ނަސީރު މަގާމުން ވަކިކުރީ، މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު، އަހްމަދު ނަރީޝްގެ ހުށަހެޅުމަކަށް، ކައުންސިލް ބައްދަލުވުމެއްގައި ވޯޓެއް ނަގައިގެންނެވެ.

އެ ބައްދަލުވުމުގައި އެސްޖީ ކަމުގެ މަގާމުން ނަސީރު ވަކިކުރީ ޕީއެންސީގެ ބޮޑު މެޖޯރަޓީއެއް އޮންނަ ކައުންސިލުގައި ބޭއްވި ބައްދަލުވުމުގައި ދެ މެމްބަރުން ފިޔަވައި ހުރިހާ މެމްބަރުންގެ ތާއީދާ އެކު އެވެ.

މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ ނަސީރު މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެ ގޮތަށް ނިންމީ، މައިގަނޑު ގޮތެއްގައި ނަސީރު މަގާމުން ވަކިކުރުމުގައި އޭނާއަށް ތުހުމަތުކޮށް ނަރީޝް ހުށަހެޅި ކަންކަމާ ގުޅޭ ގޮތުން ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ އޮތުމުންނެވެ.

މި މައްސަލައިގައި، ނަސީރު މަގާމުންވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމުގެ އިތުރުން، ނަސީރުގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުގެ ކުރިން މަގާމުން ވަކިކޮށްފައިވާތީ އޭނާއަށް ލބަދަލުގެ ގޮތުގައި، 239،026 ރުފިޔާ ނަގައިދީފައިވެއެވެ. މި ފައިސާ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ނަސީރުއަށް ދެއްކުމަށްވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.