އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން މައްސަލަތައް ބަލާ ކަމުގައިވާނަމަ އެންމެ ފުރަތަމަ ބަލަންޖެހޭ މައްސަލަޔަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ޤާޒީ ހައްޔަރު ކުރި މައްސަލަ ކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ވަކި މައްސަލަތަކެއް ބެލުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ހައިލަމް ވިދާޅުވީ އެޤާނޫނުން ކުރިން ހިނގާފައިވާ މައްސަލަތައް އަލުން ބެލުމަށް ޖާގަދޭ ކަމަށެވެ. ކުރިން ހިނގާފައިވާ މައްސަލަތަކުގެ ތެރެއިން ވަކިމައްސަލަތަކެއް ބަލަން ކުރަމުންދާ މަސައްކަތަށް ފާޑުވިދާޅުވަމުން ހައިލަމް ވިދާޅުވީ އިންސާފުވެރިކަމާއިއެކު 7 ފެބުރުއަރީގައި ހިނގައިދިޔަ ކަންކަން ބެލޭނީ އެކަން ފެށުނު ހިސާބަށް މައްސަލަ ބަލަން ފެށިގެން ކަމަށެވެ.
7 ފެބުރުއަރީއާއި ހަމަޔަށް ދިޔައީ ރައީސް ނަޝީދުގެ އޯޑަރަށް ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ޤާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ހިންގި ކަންތައްތަކުގެ ސަބަބުން ކަމަށްވާއިރު، ފުރަތަމަ ބަލަންޖެހޭ މައްސަލަޔަކީ އަބްދުﷲ ޤާޒީ ހައްޔަރު ކުރި މައްސަލަކަމަށް ހައިލަމް ވިދާޅުވިއެެވެ.
ކޯޓު އަމުރަކާ ނުލައި ޢަބްދުالله ޤާޟީ ހައްޔަރުކުރި މައްސަލަ އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ތެރެއިން ނުބެލޭނަމަ، 7 ފެބްރުއަރީގައި އަމުރަށް ނުކިޔަމަންތެރިވި ފުލުހުންގެ މައްސަލަތައް ވެސް ބެލިގެންނުވާނެ. ކުރިން ނިމިފައިވާ މައްސަލަތައް އަލުން ބެލޭނެކަމަށް ޤާނޫނުގައި ވަނީ ބަޔާކޮށްފައި.
– ހައިލަމް ވިދާޅުވިއެވެ.
ކޯޓު އަމުރަކާ ނުލައި ޢަބްދުالله ޤާޟީ ހައްޔަރުކުރި މައްސަލަ އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ތެރެއިން ނުބެލޭނަމަ، 7 ފެބްރުއަރީގައި އަމުރަށް ނުކިޔަމަންތެރިވި ފުލުހުންގެ މައްސަލަތައް ވެސް ބެލިގެންނުވާނެ.
ކުރިން ނިމިފައިވާ މައްސަލަތައް އަލުން ބެލޭނެކަމަށް ޤާނޫނުގައި ވަނީ ބަޔާކޮށްފައި. pic.twitter.com/z3BlKHRKqx— Ahmed Hailam (@AhmedHailam) January 9, 2021
ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދަށް ކްރިމިނަލް ކޯޓާއި 100 ފޫޓަށް ވެސް ކައިރި ނުވެވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ އޯޑަރަށް އަބްދުﷲ ޤާޒީ ހައްޔަރުކޮށްގެން ގެންގޮސް ވަނީ ގިރިފުށީގައި ބަހައްޓާފައެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ގޮސްފައިވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުން އަބްދުﷲ ޤާޒީ މިނިވަން ކުރުމަށް ކުރި މަސައްކަތުގައި ރައީސް ނަޝީދު އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވައިގެންނެވެ.
ކޮމެންޓު ފޮނުވާ