ށ.އަތޮޅު ކަނޑިތީމު ފަޅުގައި އޮތް ޕެޓްރޯލް އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ އަދައި ހުލިވެއްޖެއެވެ.
ރޭ 22:45 އެހާކަންހާއިރު ރިޕޯޓު ލިބުނު މިހާދިސާގައި ތެޔޮބޯޓު އެކީ އަދާފައިވާއިރު، އަލިފާން ނިއްވާލެވިފައިވަނީވެސް ވަރަށް ގިނަ އިރުގެ މަސައްކަތުންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވިނަމަވެސް، ދޯނިވަނީ ބޭނުން ނުކުކުރެވޭ ވަރަށް އަދާފައެވެ.
ޕެޓްރޯ ބަރުކޮށްފައިވަނީ ލަކުޑި ދޯންޏެއްގައެވެ. އަލިފާން ނިއްވާލާފައިވަނީ ފުލުުހުންނައި، ސިފައިންނާއި، އެރަށުގެ އާންމު ރައްޔިތުން ގުޅިގެން ރޭ ދަންވަރުއެވެ.
ކޮމެންޓު ފޮނުވާ