ރާއްޖޭގެ ފިލްމީ ދާއިރާގެ ތަޖުރިބާކާރު ފަންނާނު އަހްމަދު ނިމާލަށް ރޭ ސްޓްރޯކެއް ޖެހި އެމަޖެންސީކޮށް ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ނިމާލަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށާއި، އޭނާގެ ހާލު ސީރިއަސް ކަމަށް ވަނީ އެނގިފައެވެ. 1984 ވަނަ އަހަރު ދިވެހި ފިލްމު "ނުފޫޒު" އިން ފިލްމީ ދާއިރާއަށް ނިކުތް ނިމާލް އަކީ ގިނަ ފިލްމުތަކެއްގައި ފަންނުވެރިކަމާއެކު ހަރަކާތްތެރިވެފައިވާ އަދި ޑައިރެކްޓަރެއްގެ ހައިސިއްޔަތުންވެސް ގިނަ ފިލްމުތަކެއް ޑަައިރެކްޓް ކޮށްފައިވާ ތަޖުރިބާކާރު ފަންނާނެކެވެ. ފިލްމީ ދާއިރާއަށް ވަރަށް ބޮޑު އަދާކޮށްދީފައިވާ ނިމާލަށް ވަނީ އެ ދާއިރާ އިން ހިތްވަރުދިނުމުގެ ގައުމީ އިނާމުވެސް ލިބިފައެވެ.
ކޮމެންޓު ފޮނުވާ