އިންތިޤާލީ އިންސާފުގެ ބިލުން 8 ފެބުރުއަރީގައި ޖެހި ބޮޑު ހުޅަށް އިންސާފު ހޯދާނަން: ޑރ.ޚަލީލް

އިންތިޤާލީ އިންސާފުގެ ބިލުން 8 ފެބުރުއަރީގައި ޖެހި ބޮޑު ހުޅަށް އިންސާފު ހޯދާނަން: ޑރ.ޚަލީލް

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2021 10:23
0

މިސަރުކާރުން ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ އަނިޔާވެރި އަމަލުތައް ބެލުމަށް ކަމަށްބުނެ އެކުލަވާލި އިންތިޤާލީ އިންސާފުގެ ބިލުން 8 ފެބުރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގެ އެތައް ތަނެއްގައި ހުޅުޖަހައި ގެއްލުންދިން 280 މިލިޔަން ރުފިޔާގެ ބަދަލު ހޯދައިދޭނެ ކަމުގައި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ހއ.ކެލާގައި ބާއްވާ ޖަލްސާގައި ރަށު ބަންދުގައި ތިބި ޕީޕީއެމް އޮފީހުގައި ވާހަކަ ދައްކަވަމުން ޑރ.ހަލީލް ވިދާޅުވީ އިންތިޤާލީ އިންސާފުގެ ބިލުގެ ތެރެއިން ބަލަންޖެހޭ ނިކަން ގިނަ މައްސަލަތަކެއް ކުރިކަމަށެވެ. ޚާއްސަކޮށް، ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު މިރާއްޖޭގެ ބައިތުލް މާލުން އަންދާލި ފައިސާގެ ބަދަލު ހޯދުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. ޑރ.ޚަލީލް ވިދާޅުވީ ކައުންސިލް އިންތިޚާބު ކާމިޔާބުކޮށް އިދިކޮޅު ކޯލިޝަނުން އެފައިސާ ދައުލަތުގެ މާލިއްޔާއަށް ހޯދުމުގެ މަސައްކަތް ފަށާނެކަމަށެވެ.

އަޅުގަނޑުމެން އިންތިޤާލީ އިންސާފުގެ ބިލުން މިރާއްޖޭގައި 8 ފެބުރުއަރީގައި ހިންގި ޖަރީމާއަށް އިންސާފު ހޯދާނަން. މިރާއްޖޭގެ ބައިތުލް މާލުން ހުޅުޖަހައި އަންދާލި 280 މިލިޔަން ރުފިޔާބެ ބަދަލު ހޯދާނަން. އެކަން ކުރެއްވި ބޭފުޅުން މަޖިލިސް ތެރޭގައިވެސް އެބަތިއްބެވި، މަޖިލިސް ރައީސަކަށް އިންނެވީވެސް އެކަމުގެ ބައިވެރިއެއް، ރައީސް ކަމުގައި ހުންނެވީވެސް އޭގެ ބައިވެރިއެއް.

– ޑރ.ޚަލީލް ވިދާޅުވިއެވެ.

ޑރ.ޚަލީލް ވަނީ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރިމުގެ މުހިންމުކަމާއި، މިނިޒާމު މިއަދު ސަރުކާރުން ގެންގުޅެމުންދާ ގޮތް ތަފްސީލު ކޮށްދެއްވާފައެވެ. ޑޜ.ޚަލީލް ވިދާޅުވީ ކައުންސިލަށް ބާރު ދޫކުރާނެކަމަށް ވިދާޅުވެ ހުރިހާ ބާރެއް އެއްކޮށް ޖަމާކޮށް، ރައްޔިތުންގެ ބާރު މިއަދު ކަނޑުވާލާފައިވާކަމަށެވެ. އެންމެ ކުޑަމިނުން ރަށްރަށުން ބިން ކެނޑުމުގެބާރުވެސް މިއަދު އަތުލައި އެބާރުވެސް އޮތީ އެލްޖީއޭއަށް ދީފައި ކަމަށެވެ.

ޚަލީލް ވިދާޅުވީ އެމްޑީޕީއަށް ކައުންސިލްތަކުގެ މަޖޯރިޓީ ދީފިނަމަ، މިރާއްޖޭގައި ރައްޔިތުންގެ ބާރުވެރިކަން ގެއްލި، ޚުދުމުހުތާރު ވެެރިކަމަކަށް މިގައުމު ފުރޮޅިގެން ދާނެކަމަށެވެ. މިއަދު އޮތީ ޚުދމުހުތާރު ވެރިކަމެއްކަން ފާހަގަކުރައްވަމުން ޚަލީލު ވިދާޅުވީ މި ވެރިކަން ހަމަ މަގަށް އަޅުވައި ރައްޔިތުންގެ ބާރުވެރިކަން ހޯދޭނީ ކައުންސިލް އިންތިޚާބު ކާމިޔާބްކޮށްގެން ކަމަށެވެ. އެކަން ކުރުމަށް ޕީޕީއެމްގެ މެމްބަރުން ހުރި ޖޯޝާއި ފޯރި މުޅި ރާއްޖެއިން ފެންނަމުންދާކަމީ އިންތިޚާބު ބޭއްވުމަށް މިސަރުކާރުން ފަސްޖެހޭ އެންމެ ބޮޑު ސަބަބުކަމަށް ޑރ.ޚަލީލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބިރުބޮޑު
ހަމަހައްގުތެދެއް މަޖްލިސްގެ މިހާރުގެ ރައިސްއަކީ އެންމެފަހުގެ ތާރީޙްގައި އެންމެބޮޑު ހުޅުޖަހާ މިޤައުމުގެ ހަތަރުބުރިޖް އަޅާނެ ފައިސާ އަންދާލިމީހާ ވަރައްސާފް އިންގޭތޯ