ރަލާއި އޫރުމަސް މީހުން ދިރިއުޅޭ ރަށްތަކުގައި ވިއްކުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: ތޯރިގު

ރަލާއި އޫރުމަސް މީހުން ދިރިއުޅޭ ރަށްތަކުގައި ވިއްކުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: ތޯރިގު

Author
ހުސެއިން
23 ޑިސެމްބަރ 2025 05:21
0

މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތެއް ވެސް ނޫން ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ލޯކަލް ރަށްރަށަކީ ޑްރައި ޓޫރިޒަމެއް ކަމަށާއި އެހެންކަމުން މި ރަށްރަށުގައި އޫރުމަހެއް ރަލެއް ހުރެގެން ނުވާނެ ކަމަށެވެ.

މިނިސްޓަރުގެ މި ވާހަކަތައް ވަނީ ރިސޯޓްތަކުގައި ވިއްކާ ތަކެތި މީހުން ދިރިއުޅޭ ރަށްރަށުން ނުލިބުމަކީ ބޭއިންސާފެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ކިޔައިދީފައެވެ. ކ. މާފުށީގައި އޮތް ހަފްލާއެއްގައި ނަޝީދު ވިދާޅުވީ ރިސޯޓުތަކުން ޓޫރިސްޓުންނަށް ދޭ ޚިދުމަތްތަކާއި ވިއްކާ ތަކެތި ބޮޑެތި ހޮޓާތަކުން ނުދެވުމަކީ ބޭއިންސާފެއް ކަމަށާއި އެ ހަމަހަމަކަން ގެނައުމަށް ވިސްނަންޖެހޭ ކަމަށެވެ.

މިނިސްޓަރު ތޯރިގު ވަނީ ބައެއް ސަފާރީތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ބަނގުރަލުގެ ބާވަތްތައް ބޭލުމަކީ ދޭތެރެއަކުން ޖެހޭ މައްސަލައެއް ކަމަށް ފާހަގަކުރައްވާ އެފަދަ ކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ. ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުން ގެންދާ ކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.