އަލްހާންގެ ޕޮންޒީ ސްކީމް: ދައުވާތައް ނަގާފައި ވަނިކޮށް, ފައިސާ ދައްކަން ކޯޓުން ހުކުމްކޮށްފި

އަލްހާންގެ ޕޮންޒީ ސްކީމް: ދައުވާތައް ނަގާފައި ވަނިކޮށް, ފައިސާ ދައްކަން ކޯޓުން ހުކުމްކޮށްފި

Author
އަހުމަދު
19 ޑިސެމްބަރ 2025 10:50
0

ކިންގްސް ކެޕިޓަލްގެ ޕޮންޒީ ސްކީމުގައި ގެއްލުން ލިބުނު މީހުންނަށް ބަދަލު ދީފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް އުފުލި ދައުވާތައް ދައުލަތުން އަނބުރާ ގެންދިޔަ ނަމަވެސް، ބުރާސްފަތި ދުވަހު ސިވިލް ކޯޓުން މި ފަރާތްތަކުގެ މައްޗަށް ފައިސާ ދައްކަން ހުކުމް ކޮށްފިއެވެ.

ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި އަނބުރާ ނުދިން މައްސަލާގައި އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް އުފުލި 13 ޓެކުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންދިޔައީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. ދައުވާ ލިބޭ ފަރާތްތަކުން ބަދަލު ލިބެންޖެހޭ 13 މީހަކަށް ފައިސާ ދީފައިވާކަން ކަށަވަރުކޮށް، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުމެއް ނުވާކަމަށް ބުނެފައިވާ ކަމަށް ޕީޖީން އިއުލާންކުރިއެވެ.

ނަމަވެސް ހއ. ހޯރަފުށީ މީހަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ގާޒީ ހާފިޒާ އަބްދުއްސައްތަރު ހުކުމްކުރީ، އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮއާއި ކިންގްސް ކެޕިޓަލްގެ މައްޗަށް 587،466 ރުފިޔާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެ އަދަދުގައި އިންވެސްޓް ކުރި ފައިސާއާއި ފައިދާ އަދި ވަކީލުފީވެސް ހިމެނެއެވެ. ކޯޓަށް ހާޒިރުވުމަށް އާންމުކޮށް އިއުލާންކުރި ނަމަވެސް އެ ފަރާތްތަކުން ހާޒިރުނުވުމުން މައްސަލަ ނިންމީ ގައިރު ހާޒިރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.