ގުޅީފަޅު ކައިރީގައި މަރުވެފައި އޮއްވާ ފެނުނީ ޗައިނާ ރައްޔިތެއް

ގުޅީފަޅު ކައިރީގައި މަރުވެފައި އޮއްވާ ފެނުނީ ޗައިނާ ރައްޔިތެއް

Author
އަހުމަދު
19 ޑިސެމްބަރ 2025 03:52
0

ގުޅީފަޅު ކައިރި ކަނލުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މި ހާދިސާގައި މަރުވީ އުމުރުން 38 އަހަރުގެ ޗައިނާ ރައްޔިތު ޗެންގް ޖިއާއެވެ.

ފުލުހުން ބުނީ މި މީހާ ކަނޑަށް ވެއްޓިފައިވަނީ ޑިސެންބަރު 18 ވަނަ ދުވަހުގެ މެންދުރުފަހު 12:48 ހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅެނިކޮށް ކަމަށެވެ. އޭނާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން ސަލާމަތް ކުރަން މަސައްކަތްކޮށްފައިވާ ކަމަށާއި، ފުރަތަމަ އޭނާ ފެނުނު ނަމަވެސް ފަހުން ފެނިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

އެވަގުތު އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާޑަށް އެކަން އަންގާފައިވެއެވެ. ކޯސްޓްގާޑުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މަރުވެފައި އޮތް މީހާ ފެނިފައިވަނީ އެއްގަޑިއިރަށްވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، 13:32 ހާއިރުއެވެ. މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.