ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ޓޫރިސްޓުންގެ 40 ޕަސެންޓަކީ ޔޫރަޕްގެ ގައުމުތަކުން އައި ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
މި މުއްދަތުގައި ޔޫރަޕްގެ ހަ ގައުމުން 862،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް ޓޫރިސްޓުން އަންނަ އެންމެ ބޮޑު ސަރަހައްދަށް ވެފައިވެއެވެ.
ޔޫރަޕުން އެންމެ ގިނައިން ޓޫރިސްޓުން އައީ ރަޝިއާއިން ކަމަށާއި، އެ ގައުމުން 265،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. މިއީ މިއަހަރު ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. އެއަށްފަހު އިނގިރޭސިވިލާތުން 191،000 ޓޫރިސްޓުން އަދި ޖަރުމަނުން 160،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އިޓަލީ، ފްރާންސް އަދި ސްޕެއިން ވެސް ރާއްޖެއަށް ގިނައިން ޓޫރިސްޓުން އަންނަ ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ހިމެނެއެވެ.
މިއަހަރު އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމަކީ ޗައިނާ ކަމަށާއި، އެ ގައުމުން 322،000 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. މިހާތަނަށް ރާއްޖެއަށް ޖުމްލަ 2.1 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10 ޕަސެންޓް އިތުރު އަދަދެކެވެ.
ކޮމެންޓު ފޮނުވާ