ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫޢުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތް އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ބުނީ މި މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ ކަމަށެވެ.
މި މަސައްކަތުގެ ދަށުން އެރައިވަލް ހޯލް ފުޅާކޮށް ޗެކިން އަދި ބެގޭޖް ބެލްޓްތައް އިތުރުކުރުމާއި ޑިޕާޗާ ހޯލުގައި ކެފޭއެއް ހަދައި ޑިޕާޗަ ގޭޓްތައް އިތުރުކުރުމުގެ މަސައްކަތް ކުރާނެއެވެ. ޑިޒައިން މަސައްކަތް ނިމުމާއެކު އަމަލީ މަސައްކަތް ވެސް ފަށާނެ ކަމަށް އައިއޭއެސްއިން ބުނެއެވެ.
މި އެއްބަސްވުމުގައި އައިއޭއެސްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސާއި އީޕޯޗް އެސޯސިއޭޓްސްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މުއާވިޔަތު އަބްދުއްސައްތާރު ސޮއިކުރެއްވިއެވެ. 2012 ވަނަ އަހަރު އޮޕަރޭޝަނަށް ގެނެސްފައިވާ ދަރަވަންދޫ އެއާޕޯޓަކީ މި ސަރަހައްދުގެ މުހިންމު އެއާޕޯޓެކެވެ.
ކޮމެންޓު ފޮނުވާ