ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި އަހަރުގެ މުވައްޒަފުންގެ ބޯނަސްގެ ގޮތުގައި ދޭނެ އެންމެ ބޮޑު އަދަދު 18،600 ރުފިޔާ ކަމަށް ކަނޑައަޅައިފި އެވެ.
މި ބޯނަސް ދޫކުރުމުގައި ކޮންމެ މުވައްޒަފަކު އަހަރުގެ ތެރޭގައި ހިދުމަތް ކުރި މުއްދަތަށް ރިއާޔަތް ކުރާނެ ކަމަށް ވެއެވެ. އެހެންކަމުން މުޅި އަހަރު ވަޒީފާ އަދާކުރި މުވައްޒަފުންނަށް މި އަދަދު ލިބޭނެ އެވެ.
އެޗްޑީސީގެ ބޯނަސް ފައިސާ ދޫކުރުމަށް ކުންފުނީގެ ބޯޑުން ފާސްކޮށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯއްދަވަން ޖެހެ އެވެ. މިދިޔަ އަހަރު އެޗްޑީސީގެ މުވައްޒަފުންގެ ބޯނަސްގެ ގޮތުގައި ކަނޑައަޅާފައިވަނީ 10،000 ރުފިޔާ އެވެ. ދައުލަތުގެ ކުންފުނިތަކުން މާލީ ހާލަތަށް ރިއާޔަތްކޮށް ކޮންމެ އަހަރަކު ވެސް އަހަރީ ބޯނަސް އާންމުކޮށް ދޫކުރެ އެވެ.
ކޮމެންޓު ފޮނުވާ