ހުޅުމާލޭގައި އެސްޓޭޓް ސެކިޔުރިޓީ ހިދުމަތް ފަށައިފި

ހުޅުމާލޭގައި އެސްޓޭޓް ސެކިޔުރިޓީ ހިދުމަތް ފަށައިފި

Author
އަހުމަދު
15 ޑިސެމްބަރ 2025 12:23
0

ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އެޗްޑީސީން އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި ހިދުމަތުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފަރުކޮޅުފުށީގައި ބޭއްވި "ސޭފާ ހުޅުމާލެ" އިވެންޓުގައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު މި ހިދުމަތް އިފްތިތާހުކުރެއްވުމާއި ގުޅިގެން ސެކިޔުރިޓީ ޔުނިފޯމާއި ލޯގޯ ވަނީ ތައާރަފުކޮށްފައެވެ. އެޗްޑީސީން ބުނީ މި ހިދުމަތުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މުދަލާއި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން ފުރިހަމަގޮތުގައި ކަށަވަރުކުރުން ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ސެކިޔުރިޓީ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރެވިގެންދާނެކަމަށް އެޗްޑީސީން ބުންޏެވެ. މީގެ ސަބަބުން ސެކިޔުރިޓީ ހިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް ފަސޭހަކަމާއެކު މޮނިޓަރކުރެވިގެންދާނެއެވެ. އަދި ސެކިޔުރިޓީ މުވައްޒަފުންނަށް ކަމާގުޅޭ ތަމްރީން ދީ ޕްރޮފެޝަނަލް ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެވިގެންދާނެކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ޓެކްނޮލޮޖީގެ އެހީގައި ސެކިޔުރިޓީ ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަކީ މި ޕްރޮގްރާމްގެ އަމާޒެކެވެ. އެޗްޑީސީން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުހޯދައިދީ ހުޅުމާލެ އުފާވެރި، ރައްކާތެރި، ޒަމާނީ ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.