ފުވައްމުލަކު މަސް ފެކްޓަރީ އަންނަ ހަފުތާގައި ހުޅުވަނީ

ފުވައްމުލަކު މަސް ފެކްޓަރީ އަންނަ ހަފުތާގައި ހުޅުވަނީ

Author
އަހުމަދު
15 ޑިސެމްބަރ 2025 12:19
0

ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން ފުވައްމުލަކުގައި ހަދާފައިވާ މަސް ފެކްޓަރީ އަންނަ ހަފުތާގައި ހުޅުވާނެ ކަމަށް އިއްޔެ ބުނެފި އެވެ. މިފްކޯގެ ނޫސްބަޔާނުގައި ބުނީ އެ ފެސިލިޓީގެ މަސައްކަތް ނިމި، ހިދުމަތް ދޭން ތައްޔާރުވެފައިވާ ކަމަށެވެ.

ފުވައްމުލަކުގައި އައިސް ޕްލާންޓެއް ހެދުމުގެ މަސައްކަތް 2019 ގައި ފަށައި، އެތަނާ ޖެހިގެން މަސް ފެކްޓަރީއެއް ހެދުމުގެ މަސައްކަތް އަމިއްލަ ފަރާތަކުން 2021 ވަނަ އަހަރު ފަށި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ހުއްޓުނު ކަމަށް އެ ކުންފުނިން ބުންޏެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން އެ މަސައްކަތް މިފްކޯއާ ހަވާލުކުރI ސަރުކާރުގައި އެދުމުން 2022 ވަނަ އަހަރުއެވެ.

އެ މަސައްކަތް ދިގު މުއްދަތަކަށް ހުއްޓިފައި އޮއްވައި، މި އަހަރުގެ އޯގަސްޓް މަހު އަލުން ފަށާފައިވަނީ އެ ކުންފުނީގެ ސީއީއޯ ފަރުހަތް ޝަހީރު ފުވައްމުލަކަށް ވަޑައިގެން، އަހަރު ނިމުމުގެ ކުރިން މަސައްކަތް ނިންމާނެ ކަމަށް ދެއްވި ޔަގީންކަމާ އެކުގަ އެވެ. ފެކްޓަރީގެ މަސައްކަތް މުޅިން ނިމި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހިންގަން ހުއްދަ ވެސް ދީފައިވާ ކަމަށް މިފްކޯ އިން ބުންޏެވެ.

މި ފެކްޓަރީގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ފެކުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއް ލިބި، މަސްވެރިކަމުން އެދެވޭ ނަފާ ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.