ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Author
އަހުމަދު
14 ޑިސެމްބަރ 2025 11:00
0

ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ. މި މަހުގެ 21 ވަނަ ދުވަހުގެ 12:00އަށް އެދޭ ފަރާތްތަކުން އެދެވިގެންވާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވެފައިވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާ ކުރެއްވުމާއި، ފަނޑިޔާރު މުހައްމަދު ފައިސަލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޖޭއެސްސީން ހާމަކުރި ގޮތުގައި ހައިކޯޓުގެ ފަނޑިޔާރުންނަށް އަސާސީ މުސާރައިގެ ގޮތުގައި 45،700 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.