މަސްވެރިންގެ ދުވަހާ ގުޅިގެން މާލޭ ރަސްމީ ފާލަން ކައިރީ ކުރިއަށް ގެންދިޔަ ކަނޑުމަތީ އިހުތިޖާޖު ފުލުހުން ރޫޅާލައި ބައެއް މީހުން ހައްޔަރުކުރުމާ ގުޅިގެން، އެ މީހުން ވަގުތުން ދޫކޮށްލުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ގޮވާލައިފި އެވެ.
ބުދަ ދުވަހު ފެށި މި މުޒާހަރާ އިއްޔެ ރޫޅާލިއިރު، ހައްޔަރުކުރި މީހުންގެ ތެރޭގައި އެ ޔޫނިއަންގެ ކޯ-ފައުންޑަރު އަދި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރާއި ދޯނީގެ ކެޔޮޅު އަބްދުލް ލަތީފުގެ އިތުރުން ބައެއް ބިދޭސީން ހިމެނެ އެވެ.
ޔޫނިއަނުން ބުނީ ފިޝަރީޒް މިނިސްޓަރާ ބައްދަލުވެ، މަސްވެރިންގެ ހައްގުތައް ކަށަވަރުވަންދެން އިހުތިޖާޖު ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ. ފުލުހުން ބުނާ ގޮތުގައި އެ ސަރަހައްދަކީ މާލެ ކައިރީ އެންމެ ކާރުބާރު ބޮޑު ސަރަހައްދު ކަމުން، އެހެން އުޅަނދުތަކަށް ދަތިނުވާ ގޮތަށް އަމަލުކުރަން ތަކުރާރުކޮށް އެންގުމުން ވެސް މަސްވެރިން އެކަމަށް އިޖާބަ ނުދިނީ އެވެ.
ކޮމެންޓު ފޮނުވާ